1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހައިކޯޓުގެ އިސްފަނޑިޔާރަކަށް ހުސައިންޝަހީދު؛ ސިވިލްކޯޓުގެ އިސްގާޒީއަކަށް މަރްޔަމްވަހީދު ހަމަޖައްސައިފި

6y7
ސިވިލްކޯޓްގެ އިސް ގާޒީއަކަށް އައްޔަން ކުރި މަރްޔަމް އަދި ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުސައިން ޝަހީދު
ޝަފްޢަތު ، ހުވަދޫ މީޑީއާ
697ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެ ކޯޓު ހިންގުވުމާ ވަގުތީ ގޮތުން ހަވާލުުވެ ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސް ގާޒީއަކަށް އެ ކޯޓުގެ ގާޒީ މަރްޔަމް ވަހީދު ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ މަގާމަށް ބޭފުޅުން ހަމަޖެއްސީ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ކަމަށެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހާތިފް ހިލްމީ މިދިޔަ އަހަރު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

300 × 250

އެ ފަހުން އެ ކޯޓު ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައި ވަނީ މިއަދު ރަސްމީ ގޮތުން އެ ކޯޓް ހިންގަން ހަވާލުކޮށްފައިވާ ފަނޑިޔާރު ހުސައިން ޝަހީދުއާ އެވެ. ސިވިލް ކޯޓުގެ އިސް ގާޒީކަން ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް މިދިޔަ މަހު އަވަހާރާވުމާ ގުޅިގެންނެ އެވެ.

ހުސައިން ޝަހީދު:

މާސްޓާސް އިން ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީން ހާސިލްކޮށްފައި ވަނީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން؛ އެތަނުން ބެޗްލާސް ޑިގްރީން ޝަރީއާ އެންޑް ލޯވެސް ހާސިލްކުރައްވާފައެވެ. ހުސައިން ޝަހީދު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު 2014ގައެވެ. އޭގެ ފަހުން އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައި ވަނީ ޖުލައި 2018، ގައެވެ.

މަރްޔަމް ވަހީދު:

މަރްޔަމް ވަހީދު މާސްޓާސް އޮފް ޝަރީއާ ހާސިލު ކުރައްވާފައި ވަނީ ވިލާ ކޮލެޖުންނެވެ. މޯލްޑިވްސް ނޭޝަން ޔުނިވާސިޓީން ބެޗްލާސް ޑީގްރީ އެ ދާއިރާއިން ހާސިލް ކުރައްވާފައިވާ މަރްޔަމް ވަހީދު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ، ޖެނުއަރީ 2013ގައެވެ.

އޭގެ ފަހުން، ކ.ގާފަރު މެޖިސްޓްރޭޓް ކޯޓާއި އައްޑޫސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ވަނީ ކުރައްވާފައެވެ.

ސިވިލް ކޯޓުގެ ގާޒީއަކަށް އައްޔަންކޮށްފައި ވަނީ އެޕްރީލް 2016 ގަަަަަަައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި