1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިމިގްރޭޝަނާ ހަވާލުކުރި ކަމަށް ބުނި ޗައިނާ އަންހެންމީހާ މާފަންނު ޕޮލިސްސްޓޭޝަނުގައި ދިރިއުޅެނީ

ini
އިމިގްރޭޝަނާ ހަވާލުކުރި އަންހެން މީހާ މާފަންނު ޕޮލިސް ސްޓޭޝަންގައި-
ޝަފްޢަތު ، ހުވަދޫ މީޑީއާ
550ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެހެން މީހުންނަށް އުނދަގޫ ކޮށް ހަދާތީ ހައްޔަރު ކުރުމަށްފަހު އިމިގްރޭޝަނާ ހަވާލުކުރި ޗައިނާ އަންހެން މީހާ ވަންނާނެ ތަނެއް ނެތި މާލެއަށް ގިނަ ވެއްޖެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެ ޗައިނާ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެއަރޕޯޓްތެރޭގައި އެހެން މީހުންނަށް އުނދަގޫ ވާނެ ހެން އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ ޢަމަލުތައް ހިންގަމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެއަރޕޯޓް ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވެއެވެ. އަދި އެހާ ގިނަ ދުވަހު އޭނާ އެއަރޕޯޓް ތެރޭގައި އުޅެފައިވަނީ ވިސާގެ މައްސަލަ ޖެހިގެނެވެ.

300 × 250

ވިސާގެ މައްސަލަޖެހުމުން އޭނާ އަށް ނުފުރި ހުރުމުން ޗައިނާ އެމްބަސީއިން އޭނާއަށް ޓިކެޓްވެސް ނަގައިދީފައިވީ ނަމަވެސް އޭނާ ފުރައިގެން ގޮސްފައި ނުވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔުމަށްފަހު އިމިގްރޭޝަން އާ ހަވާލުކުރި ކަމަށް މިމަހު 19 ވަނަ ދުވަހު އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

ނަމަވެސް އިމިގްރޭޝަން ޑިޓެންޝަން ގައި އަންހެނުން ބައިތިއްބާނެ ތަނެއް ނުހުންނާތީ އަންހެން މީހާ އެތަނުގައި ނުބެހެއްޓޭނެ ކަމަށް ބުނެ ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިފަދަ މީހުން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާނީ އިމިޤްރޭޝަނައާއެވެ.

އޭނާ މިވަގުތު ހުރީ މާފަންނު ޕޮލިސް ސްޓޭޝަނުގައި ކޭންޕު ޖަހައިގެންނެވެ. އޭނާ އެތަނުގައި އުޅެމުންދާތާ 6 ދުވަސް ވެފައިވާއިރު އިމިޤްރޭޝަނުން އޭނާގެ ކަންކަމާ ހަވާލުވެފައެއްނުވެއެވެ.

chinnއިމިގްރޭޝަނާ ހަވާލުކުރި އަންހެން މީހާ މާފަންނު ޕޮލިސް ސްޓޭޝަންގައި--

އަންހެން މީހާ ކައިބޮއި، ނިދައި، ފާޚާނާ ބޭނުންކުރުން ފަދަ ހުރިހާ ކަމެއްވެސް ކުރަމުން އަންނަނީ އެ ޕޮލިސް ސްޓޭޝަންގައެވެ.

"އިމިގްރޭޝަން އިން ބުނަނީ އެތަނުގައި ޑިޓެންޝަން ސެންޓަރުގައި އަންހެނުން ނުބެހެއްޓޭތީ ކަމެއް ނުވާ ކަމަށް. މިހާރު ލައިގެން ހުންނަ އެއްޗެހިވެސް ބާލާ ހިސާބަށް އެ މީހާގެ ކަންކަން މިވަނީ ގޮއްސަ." ވޮއިސްއަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަންގެ ބަހެއް ލިބޭތޯ ގުޅައި މެސެޖު ކޮށްގެންވެސް އެ ތަނުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި