"ކިންގް ސްޕޯޓްސް" ގެ ފަލަސްތީނާއިއެކު ދިވެހީން ވާކަން އަންގައިދޭ ޓީޝާޓެއް ގަނެލައިގެން ފަލަސްޠީނަށް އެހީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ފިހާރައިން ބުނެފިއެވެ.
"ހުވަދޫ" ނޫހަށް މައުލޫމާތު ދެމުން "ކިންގް ސްޕޯޓްސް" އިން ބުނީ ފަލަސްތީނުގެ ދިދަ އާއި އެކު ދިވެހީން ފަލަސްތީނާއެކު ވާކަމަށް ލިޔެފައިވާ އެ ޓީޝާޓްތައް 180 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށެވެ. އަދި މި ޓީޝާޓް ވިއްކައިގެން ލިބޭ ފައިދާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން އައިއޭސީން ފަލަސްޠީނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް ކަމަށް އެ ފިހާރައިން ބުންޏެވެ.
މާލެސިޓީ އިން މިޓީޝާޓް ބޭނުންވާ ފަރާތްތަކުން، 7346060 މި ނަންބަރަށް ގުޅާލުމަށް ކިންގްސްޕޯޓްސް އިން ވަނީ އެދިފައެވެ. ލިބެން ހުންނާނެ ކަމަށް ބުނީ ޗާނދަނީމަގު އަގޯރާ ގޯޅިތެރޭ ފިހާރައިންނެވެ.
މި ޓީޝާޓް މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލަކުން ވެސް ލިބެން ހުންނާނެ ކަމަށާ، އައްޑޫ ސިޓީއިން ޓީޝާޓަށް އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކުން 9413413 ގުޅާލުމަށް އެ ފިހާރައިން ވަނީ އެދިފައެވެ.
ހާއްސަކޮށް ފުވައްމުލަކު "ބާބާގާޑިޔާ"އިން ވެސް މިޓީޝާޓް މިހާރުލިބެން ހުންނާނެ ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ.

ދިވެހިން ފަލަސްތީނާއިއެކު ދިވެހިން ވާކަން އަންގައިދޭ ކިންގް ސްޕޯޓްސް ގެ ޓީޝާޓެއް
ޔަހޫދީ ޒަޔަނިސްޓުންގެ ހަމަލަތައް ވަރުގަދަ ކުރަމުން ގޮސް އެންމެ ފަހުން އެއްގަމު މަގުން ޣާޒާ އަށް އެރުމަށްޓަކައި އިއްޔެ ހަތަރުދަމު ވަނީ ބިންގަރާސްތަކަށް ބޮން އެޅުން އިތުރު ކޮށްފައެވެ. މެދުކެނޑުމެއްނެތި އަޅަމުންދާ ބޮންތަކުގެ ވަރުހުރި ތޫފާނުން ޣާޒާ ސަލާމަތްކޮށްދެއްވުން އެދި އަތްތައް އުފުލާ ދުއާ ކުރުމާއެކު ވީ މިންވަރަކުން، އެމީހެއްގެ ފެންވަރުން އެމީހަކަށް ކުރެވެން އޮތް ކަމެއްކޮށް ޣާޒާއަށް އެހީވުމަކީ އިންސާނީ ވާޖިބެއް ކަމުގައި ދެކެމާހިނގާށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.