1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޞިއްޙަތު

ލަކުނު ނެތް އޮމާން މޫނެއް ބޭނުންތަ؟ މި ތަކެތި ބޭނުން ކޮށްލަމާ ބަހީ!

oxe
ރީތި އޮމާން މޫނަކަށް ތާޒާ މޭވާތަކާއި ގުދުރަތީ ބާވަތްތަކުގެ ޕޭސްޓްތައް މާބޮޑަށްވެސް އެހީތެރިވެދޭ....ފޮޓޯ: ޝަޓަސްޓޮކް
ޝަފްޢަތު ، ހުވަދޫ މީޑީއާ
7,211ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހަށިގަނޑުގެ އެންމެ ސަމާލުކަން ދީގެން ބެލެހެއްޓޭ އެއްތަނަކީ ޔަގީނުންވެސް މޫނެވެ. ގިނަފަހަރު މިހެން ވާން ޖެހެނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ކޮންމެ ދިމާއަކުންވެސް ފުރަތަމަ މީހާއަށް ސަމާލުކަން ދަމައިގަނެވޭނީ މޫނުންނެވެ. މޫނުމަތީގެ ރީތިކަމާއި އޮމާންކަމާއި ތާޒާކަމަކީ ތިމާގެ އުމުރު އޮޅުވާލަންވެސް ނުހަނު ފުރިހަމައަށް އެހީވެދޭ ގާތް ރަހްމަތްތެރިއެކެވެ. އަންހެނުން އެކަންޏެއް ނޫނެވެ. ފިރިހެނުންވެސް މޫނާމެދު ސަމާލުކަން ދިނުން މުހިންމެވެ. މޫނުގެ ދުޅަހެޔޮކަމަކީ އަމިއްލަ ނަފްސަށް ލިބޭ ކާމިޔާބީއާއި ހިތްހަމަޖެހުމާވެސް ގުޅުން އޮންނަ ކަމެކެވެ. މޫނުގެ ނަލަކަމަށް ސަމާލުވާއިރު މޫނުގައި ލަކުނު ލުމަކީވަރަށް ކަންބޮޑުވާ ކަމެއްކަން ގައިމެވެ. ހަމައެކަނި ލަކުނު ފިކުވާލުމަށް އިސްކަން ދިނުމަކުން ނުނިމޭނެއެވެ. ލަކުނު ނަގާ ސަބަބުތައް ދެނެގަތުން މުހިންމެވެ. މޫނުގައި ލަކުނު ލުމުގެ އެއް ސަބަބަކީ މޫނުން ނަގާ ބިހިތަކެވެ. މި މައްސަލަ ދިމާވާ މީހުން ގިނައެވެ. މޫނުގައި ބިހި ނަގަނީ މޫނު ތެޔޮވުމުން ނުވަތަ ސާފުތާހިރުކަން ކުޑަވުމުން ނުވަތަ ހަމަނިދި ނުލިބުން ފަދަ އެތައް ސަބަބުތަކަކާހެދި މޫނުގައި ބިހި ނަގަން ދިމާވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. މި ބުނާ ބިހިތައް ލަކުނަށް ބަދަލުވެ ލަކުނު ފިލުވުމަށް ޖީބުން ބައިވަރުތަކެއް ހަރަދުކޮށް ބާޒާރުގައި ހުރި އަގުބޮޑެތި ތަކެތި ބޭނުންކޮށް ސެލޫންތަކުން ފަރުވާ ހޯދައެވެ. ލަކުނު ފިލުވުމަށް އަގުބޮޑު ބާވަތްތައް ބޭނުން ކުރުމުން ލަކުނު ފިލައިގެން ދިޔަކަމުގައި ވިޔަސް އޭގައި ހިމެނޭ ކެމިކަލް ތަކުން ހަންގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ބައެއް އުފެއްދުންތަކުން ލިބޭ ވަގުތީ ހިތްހަމަޖެހުމުގެ ހިތި ނަތީޖާއަކީ ކެންސަރު ފަދަ ބަލިތަކަށް މަގުފަހިވެގެންދިއުމެވެ. ވުމާއެކު މޫނުގައި ނަގާ އޮށާޅަ، ބިހި ތަކަށް އަދި ހާއްސަކޮށް ލަކުނު ފިލުވުމަށް ކެމިކަލް ފްރީ، ގުދުރަތީ ބާވަތްތަކުގެ އެހީ ހޯދުން މުހިންމެވެ.

ކާށިތެޔޮ

މޫނުން ނަގާފައި ހުންނަ ބިހިތަކާއި ލަކުނު ފިލުވުމަށް ކާށިތެލަކީ ހާއްސަކޮށް އެހީވެދޭ ބާވަތެކެވެ. ކާށިތެލުން ހަމުގައި ބިހިނަހާ ތެޔޮވެއޭ ބުނާއަޑު އިވޭނެއެވެ. އެކަމަކު މިއީ އެއްވެސް ހާލެއްގައި ހަގީގަތެއް ހުރި ވާހަކައެއްނޫނެވެ. ބިހި ލަކުނުތަކުގައި ކާށި ތެޔޮފޮދެއް ހާކައި، ކުޑަ އިރުކޮޅެއް ވަންދެން ރަނގަޅަށް މަސާޖު ކުރާށެވެ. މި ފަރުވާ ދިނުން  އެންމެ ރަނގަޅީ ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިންނެވެ. ނިދަން އޮށޯތުމުގެ ކުރިން މި ފަރުވާ ދޭނަަމަ މޫނު ދޮންނާނީ އަނެއް ދުވަހު ހެނދުނު ހޭލައިގެންނެވެ. ކާށި ތެޔޮ ފޮދަކާއި ލެވެންޑާރ ތެޔޮ ފޮދެއް އެއްކޮށް ޕޭސްޓެއް ހަދައި އެ މޫނުގައި ހުންނަ ލަކުނުތަކުގައި ހާކާށެވެ. އެއްގަޑިއިރު ވަންދެން މަޑުކޮށްލުމަށްފަހު ދޮވެލާށެވެ. ހަތަރުހަފްތާ ، މާނައަކީ ތިރީހަކަށް ދުވަސް ވަންދެން ދުވާލަކު އެއް ފަހަރު މި ފަރުވާ ތަކުރާކު ކުރާށެވެ. އަދި ދެން އުފާވެރި ނަތީޖާ ލިބުމުން ޝުކުރު އަދާކޮށްލަން ވާނެއެެެވެ.

300 × 250
lem

ގިނަ އަދަދަކަށް އެކުލެވޭ ވިޓަމިން ސީއާއި އެންޓި ބެކްޓީރިއަލްގެ ފައިދާބޮޑު....ފޮޓޯ: ޝަޓަސްޓޮކް

ލުނބޯ

މޫނުގެ ކުލަ އަލިކޮށްދީ މޫނު ތާޒާ ކޮށްދިނުމުގައި ހާއްސަ ދައުރެއް އަަދާކުރާ ލުނބޮލުގައި ގިނަ އަދަދަކަށް އެކުލެވޭ ވިޓަމިން ސީއާއި އެންޓި ބެކްޓީރިއަލް ޕްރޮޕަޓީތަކަކީ މޫނުގައި އުފެދޭ ބިހި ލަކުނު ފިލުވާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން މޫނުގައި ހުންނަ ލަކުނުތަކުގައި ލުނބޯހުތް ހާކާށެވެ. އެއަށްފަހު ނިދަން އޮށޯންނާށެވެ. ދެން ހެނދުނު ވުމުން މޫނު ރަނގަޅަށް ދޮވެލާށެވެ. މި ފަރުވާ އާދަކޮށް ކޮންމެ ދުވަހަކުވެސް ތަކުރާރު ކުރާށެވެ. ސައި ސަމުސަލެއްގެ ލުނބޯ ހުތް، އެއްވެސް ކެމިކަލެއް އެއްކޮށްފައިނުވާ ކުޑަކުޑަ މާމުއިކޮޅަކާ އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި އުފެދިފައި ހުރި ލަކުނުތަކުގައި ހޭކުމަށްފަހު ފަސް ވަރަކަށް މިނެޓު ވަންދެން މަސާޖުކޮށްލާށެވެ. ދެން ދޮވެލާށެވެ.

pot

އަލުވި މޫނުން ނަގާ ބިހިތަކާއި އޭގެ ލަކުނުތައް ފިލުވާލަދޭން އެހީތެރިވެދޭ....ފޮޓޯ: ޝަޓަސްޓޮކް

300 × 250

އަލުވި

ހައިރާން ނުވާށެވެ. ބޮޑު ރިހަގަނޑުތަކަށާއި ހިކިއަލުވި ނޫނީ ޗިޕްސް ތައްޔާރުކުރުމަށް ނޫނަސް އަލުތްވަކީ މޫނުން ނަގާ ބިހިތަކާއި އޭގެ ލަކުނުތައް ފިލުވާލަދޭން އެހީތެރިވެދޭ ބާވަތެކެވެ. އަދި މޫނުގެ ކުލަ އަލިކުރުމަށް ވެސް އަލުވި އެހީތެރިވެ ދެއެވެ. އަލުވި އެއް ދޮވެ ސާފު ކުރުމަށްފަހު ގާނާލާށެވެ. އަދި ސާފު ފޮތިކޮޅަކުން އޭގެ ދިޔަ ފެލާލާ އެ ދިޔަ މޫނުގައި ހާކާލާށެވެ. ދެ ގަޑިއިރުވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ދޮވެލާށެވެ. މިއީ ގޭގައި ފަސޭހައިން ކުރެވިދާނެ ފަރުވާތަކެވެ.

alo

އަލޯވެރާއަކީ ހަންގަނޑަށް ފަރުވާ ކުރުމަށް ހަމަ އެއްވަނަ....ފޮޓޯ: ޝަޓަސްޓޮކް

އަލޯވެރާ

އަލޯވެރާއަކީ ހަންގަނޑަށް ފަރުވާ ކުރުމަށް ހަމަ އެއްވަނައެވެ. އެއީ މޫނުން ނަގާ ބިހިތަކުގައި ހުންނަ ބެކްޓީރިއާތައް ނައްތާލުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެެވެ. ހަމައެއާއެކު، ހަންގަނޑުގެ ކޮލިޓީ ރަނގަޅުކޮށްދީ ހަންގަނޑު އޮމާން ކޮށްދިނުމަށްވެސް އަލޯވެރާ އެހީތެރިވެދެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް، ތާޒާ އަލޯވެރާ ޖެލް ކޮޅަކުން މޫނުގައި އުފެދިފައި ހުންނަ ލަކުނުތަކުގައި ކުލޮކު ވައިސްކޮށް މަސާޖު ކުރާށެވެ. 15 ވަރަކަށް މިނެޓުވަންދެން އެފަދައިން މަސާޖު ކުރުމަށްފަހު އެއްގަޑިއިރުވަންދެން ބަހައްޓާށެވެ. ދެން ގަޑިއެއްހާއިރު ވުމުން ފިނިފެން ފޮދަކުން މޫނު ދޮވެލާށެވެ. ބޭނުމިއްޔާ އަލޯވެރާއަށް ކުޑަ މާމުއިކޮޅެއް އެއްކޮށްލައިގެންވެސް އެފަދައިން ކަންތައް ކުރެވިދާނެއެވެ. މި ރެމެޑީ ކޮންމެ ދުވަހަކު ތަކުރާރު ކުރާށެވެ. ތަފާތު ފެންނާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި