ކޮލަމާ ޖަމްޢިއްޔާ އިން ކުރިން ހިނގަމުން ދިޔަ ޕްރީސްކޫލް ގއ.ކޮލަމާފުށީ ކައުންސިލުން ހިންގާ ގޮތަށް ހަމަޖައްސައި ކިޔެވުން ކުރިޔަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތް ނިންމާ ކިޔަވައިދޭ ން ފަށައިފިއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި އެކު އެކު ކިޔަވައި ދޭން ފެށި
ކައުންސިލްގެ ޕްރީސްކޫލާ ބެހޭގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަޙީދު ވިދާޅުވީ ކައުންސިލުގެ ވިސްނުމަކީ ތުއްތު ކުދިންނަށްދޭ ޅަފަތުގެ ތަޢްލީމް ކޮލަމާފުށީގައި ވީހާވެސް ފުޅާކޮށް ލިބިދީ، އޮއްޓަރުހުރި ފޭރާންހެޔޮ ތަޢުލީމެއް އެކުދިންނަށް ލިބިދިނުން ކަމަށާއި އެގޮތުން ސްކޫލްގެ ހުރިހާ ކަމެއް ވެސް ކައުންސިލުން ބަލަހައްޓާ ގޮތަށް ނިންމާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ ކައުންސިލުން ޕްރީސްކޫލް ހިންގަން ނިންމީ ކޮވިޑް-19 ގެ ޕެންޑަމިކާ ގުޅިގެން ކުރިން 5 އަހަރު ވަންދެން ކޮލަމާ ޖަމްޢިއްޔާ އިން ހިނގަމުން ދިޔަ ސްކޫލް ހުއްޓުމަކަށް އައުމާ ގުޅިގެން ކަމަށާއި މިހާރު އެ ސްކޫލްގެ އިސް ވެރިޔަކަށް ހުންނާނީ ކައުންސިލްގެ ނާއިބު ރައީސް ކަމަށެވެ.
މި މަހުގެ 10 ވަނަ ދުވަހު ހުޅުވި ކޮލަމާފުށީ ކައުންސިލް ޕްރީސްކޫލްގައި 40 ދަރިވަރުން މި ވަގުތު ކިޔަވައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.