1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގަމާއި ފޭދޫ ކޯޒްވޭ ސަރަޙައްދުގައި ޔޮޓް މެރީނާ އަކާއި ކްރޫޒް ޓާމިނަލަކާއެކު ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަނީ

counc9
ފޮޓޯ: އައްޑޫސިޓީ ކައުންސިލް
ޝަފްޢަތު ، ހުވަދޫ މީޑީއާ
311ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައްޑޫސިޓީގައި ޔޮޓް މެރީނާ އަދި ކްރޫޒް ޓާމިނަލަކާއެކުޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ޔޮޓް މެރީނާ އަދި ކްރޫޒް ޓާމިނަލަކާއެކު 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑު ސަރަޙައްދުގައެވެ.

އައްޑޫ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައިވާގޮތުން ޔޮޓް މެރީނާ ތަރައްގީ ކުރުމަށް ނިންމާފައިވަނީ އައްޑޫ ސިޓީ ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ ސަރަޙައްދުގައެވެ. މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ އިންޓަރނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އައި.ސީ.އެމް.ޕީ.އެލްއާއެވެ. އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ މިކަމާއި ގުޅޭ އެއްބަސްވުމުގައި އެކުންފުންޏާއެކު ސޮއިކޮށްފައެވެ.

300 × 250

ތަރައްގީގެ މި ބޮޑު މަޝްރޫއު ކުރިއށް ގެންދިއުމަށް ބަޔަކާ ހަވާލުކޮށްފައިވާ އިރު އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާއެކު ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވަޞީލަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ލައުންޖްތަކާއި، އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ.

2 އަހަރު ދުވަހުގެ ތެރޭގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމި، މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި