އިންޑިއާ ސަރުކާރާއެކު އެގައުމުގެ ސިފައިން ދިވެހިރާއްޖެއިން ބޭލުމަށް، ކުރަމުންދާ މަޝްވަރާތަކަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވަނީ ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ދެފަރާތަށްވެސް ފައިދާ ވާނެ އުސޫލުގެމަތިން ދުނިޔޭގެ ހުރިހާ ގައުމަކާއެކީވެސް ގުޅުން ބާއްވަން ބޭނުންވާ ކަމުގައި ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަރވިއުގައި ޑރ މުއިއްޒު ވިދާޅުވިއެވެ.
އަދި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށްފަހު އޭގެ ބަދަލުގައި އެހެން ގައުމެއްގެ ސިފައިން ރާއްޖެ ނާންނާނެ ކަމަށާއި، އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމުގެ މާނައަކީ އެއްވެސް ހާލެއްގައި "ޗައިނާ ނުވަތަ އެހެން ގައުމެއްގެ ސިފައިން އައުމަށް ލިބޭ ފުރުސަތަކަށް ވެގެން ނުދާނެ" ކަމުގައި ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ބޭރުގެ މީޑިއާތަކަށް ދެއްވަމުން ގެންދަވާ އިންޓަރވިއުތަކުގައި ޑރ. މުއިއްޒު ތަކުރާރު ކުރައްވަމުން ގެންދަވާ ފަދައިން ބުލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއުފައިވެސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖެއަކީ "ފުރިހަމަ މިނިވަން ގައުމެއްގެ" ގޮތުގައި ބޭއްވުމަށް ކަމުގައެވެ. އަދި ރާއްޖޭގައި ގާއިމްވެސް ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އަންގަވާނެކަމަށްވެސް މި އިންޓަރވިއުގައިވެސް މުއިއްޒު ތަކުރާރު ކުރެއްވިއެވެ.
ބުލޫމްބާގް ޓީވީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގު އިންޑިއާގެ 70 ސިފައިން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާއިން ގާއިމްކޮށްފައިވާ ރާޑަރ ސްޓޭޝަންތަކުގައި ތިބި އިންޑިއާ ސިފައިންނާ އަދި އޭގެ އިތުރުން ސާވެއިލަންސް އެއަރކްރާފްޓްތައް ބެލެހެއްޓުމަށް ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިންކަމަށްވެސް ބުލޫމްބާގް ޓީވީން ރިޕޯޓު ކޮށްފައި ވެއެވެ.
ފާއިތުވި ރިޔާސީ އިންތިޚަބުގެ ކެމްންގައި ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އަންގަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސާލިހު ރާއްޖޭގެ މިނިވަންކަން ގެއްލުވާލާފައިވާކަމުގެ ތުހުމަތުވެސް މުއިއްޒުވަނީ ރިޔާސީ އިންތިޚާބުގެ ކެމްންގައި ކުރައްވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.