ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އައިޓީބީ އޭޝިއާގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިމަހުގެ 25 އިން 27 ގެ ނިޔަލަށް ކުރިއަށް ދާ މި ފެއަރ އޮންނަނީ ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައެވެ. މިއަހަރުގެ ފެއަރގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރަޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 27 ކުންފުންޏަކުން 45 ފަރާތަކުންވަނީ ބައިވެރިވެފައެވެ.
އައިޓީބީ އޭޝިއާއަކީ އޭޝިއާ ޕެސިފިކް ޓްރެވަލް އިންޑަސްޓްރީގެ ޕްރައިމަރީ އިވެންޓަކަށް ހެދުމަށް ފަރުމާކޮށްފައިވާ މި ސަރަހައްދުގެ ލީޑިންގ ޓްރެވަލް ޓްރޭޑް ޝޯތަކުގެ ތެރެއިން އެއް ޝޯއެވެ. މި އިވެންޓުގައި އޭޝިއާ ޕެސިފިކް ސަރަހައްދާއި ޔޫރަޕާއި އެމެރިކާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.