ތިނަދޫސިޓީގައި ތިން ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ތިނަދޫސިޓީގެ ރަންނަބަނޑޭރިމަގުން އިރަށް ދުއްވާފައި އައި ސައިކަލަކާއި ސިޓީކައުންސިލް މަގުން ހުރަހަށް ދިޔަ ދެސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި ތިން ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ. އަދި ސައިކަލުތައް ދުއްވަން ތިބި ތިން ފިރިހެނުންނަށްވެސް އެކިވަރުގެ އަނިޔާތައް ވެފައި ވާއިރު އެކަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

hu2ތިނަދޫސިޓީގައި ހިނގި ސައިކަލު އެކްސިޑެންޓް....ފޮޓޯ: އަހްތަރު/ހުވަދޫ

އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ބޮޑަށް ޒަހަމްވި މީހާ ހޮސްޕިޓަލަށް ފަރުވާއަށް ގެންދެވުނީ އެމްބިއުލާންސްގައެވެ. އަނެއް ދެމީހުންވެސް ވަނީ ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާފައެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.