1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހައިވޭގަ ޖަހާފައި ހުރި ސޯލާ ޕެނަލްތައް 2 ރަށަކަށް ބަދަލުކުރުމުގެ ވިސްނުން އެބަގެންގުޅެން: މުއިއްޒު

y6g
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނައި ބައްދަލު ކުރެއްވުން: ފޮޓޯ: ޑރ މުއިއްޒު ފޮޓޯހަބް ޓެލެގްރާމް ގްރޫޕް
ޝަފްޢަތު ، ހުވަދޫ މީޑީއާ
458ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލޭ ލިންކު ރޯޑުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަގައި، އެކަމަށް ހާއްސަ ދެ ރަށަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިން ފެނުނު ރީތި ހިތްގައިމުކަމާއި ކަނޑުގެމަންޒަރު ހުޅުމާލޭ ހައިވޭ ސަރަހައްދުން ނުފެނި މިހާރު ހައިވޭ މަތި އޮންނަނީ ހާސްކަންބޮޑު ގޮތަކަށް ކަމަށްވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ މުއިއްޒު ވިދާޅުވީ، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު މުހިންމުކަމަށާއި، އެއީ އެމަނިކުފާނުގެ ސަރުކާރުގައިވެސް އިސްކަން ދެއްވާނެ ކަމެއްކަމަށެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

300 × 250

އިޔާދަކުރުވަނިވި ހަކަތަ އާއި ކްލައިމެޓް ޗޭންޖަށް ވަރަށް ބޮޑު އިސްކަމެއްދެއްވާނެކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ އަދި އެކަން ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލި މަގުގައި "ދިގުރާސްތާ"ގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެތަނުން ނެގުމަށްފަހު ރަށްރަށަށް އެތަކެތި ގެންގޮސް ސޯލާ ޕަވާއެއް ހިންގޭ ގޮތް ހެއްދެވުން ކަމުގައެވެ.

"އަޅުގަނޑު ގަސްތުކުރަނީ އެ ދިގު ރާސްތާގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ނަގަން. ނަގާ ރާއްޖޭގައި ކުޑަ އަދި މެދު ސައިޒުގެ އެއް ރަށް ނޫނީ ދެ ރަށަކަށް އެއްކޮށް އެ ދެރަށް ނޫނީ އެއް ރަށް ނޫނީ ދެރަށަށް އަޅުގަނޑު ހިތުން އޭގެން ފުދޭނެ. އެއްކޮށް ސޯލާ ޕަވާއެއް ހިންގޭ ގޮތަށް އެތަކެތި ގެންގޮސް އެ ފަންޑު ކުރި ފަރާތާ މަޝްވަރާކޮށްގެން، ނަގައިގެން ގެންގޮސް ސޯލާ ޕަވާއެއް ބަދަލުކުރުމަށް މިތަކެތި މިތަނުން ނަގައިގެން ގެންދަން." މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލެ ލިންކް ރޯޑުގައި ގާއިމްކުރާ 5 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްމަންޓަކީ ރާއްޖޭގައި އެއް ގްރިޑެއްގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ސޯލާ ޕީވީ އިންސްޓޯލްމަންޓެވެ. ޑރ މުއިއްޒު ވިދާޅުވީ، އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ ގޮތަށް، އޭގެ ބޭނުން ހިފާނެ ކަމަށެވެ.

އެ މަޝްރޫއަކީ ދިވެހި ސަރުކާރާއި ވޯލްޑް ބެންކާ ގުޅިގެން ހިންގާ އެކްސެލެރޭޓިން ސަސްޓެއިނަބްލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ)ގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ހަލިމަގުގެ މޫދާ ކައިރިން ސްޓީލް ސްޓްރަކްޗާ ހަރުކުރުމުގެ މަސައްކަތާއި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތެވެ.

300 × 250

ޚިޔާލު (4)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ބަޗީ

    ހެޔޮ ބަދަލެއް.

  • ބަޗީ

    ހެޔޮ ބަދަލެއް. ހިލޭ ލިބެންހުރި ހިތްހަމަޖެހުންތައް ނުއަގުގައި ނަގާލުމުގެ އެއްވެސް ބޭނުމެއް ނެތް.

  • އިއްބެ

    ކޮއްމެމީހަކުވެސްވެރިކަމަށްއާދެވުނީމައިކުރީގެވެރިމީހާކިތައްމެބޮޑުޚަރަދެއްކޮށްފައިއޮތަސްޑަބަލްގެއްލުމަށްހަދަންވީތަކިޔަނީޚަރަދުކުޑަކުރަންއެކަމމަކުކުރަނީއިސްރާފު އަލްއިޤުތިސާދުފިންނަފަޤަތިނިސްފުލްމަޢީޝަހް

  • އިއްބެ

    ޚަރަދުނުކޮށްބަދަލުކުރެވޭނެތަޚަރަދުކުޑަކުރަންކިޔާފައިތިޔަކުރެވެނީޑަބަލްޚަރަދު

ގުޅުންހުރި