1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

އަންހެން ކަނބަލުންނަށް ރަނުގެ ފުރުސަތެއް، މަޖިލީހުގެ މުސާރައިގެ އިތުރުން ޕާޓީގެ ހާއްސަ އެލަވަންސްއެއް!

majul1
ފޮޓޯ: (ރައްޔިތުންގެ) މަޖިލިސް ގެލެރީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
492ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އިން ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަ، އެލަވަންސްގެ އިތުރުން ހާއްސަ ޕާޓީ އެލަވަންސެއް ދެވޭނެ ހެން މަސައްކަތް ކުރައްވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހުގެ މަދުވެގެން %20 ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ގޮވާލައްވާ ކަމަށެވެ.

300 × 250

"މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" ޑރ މުއިއްޒު ވިދާޅުވިއެވެ.

ޑރ މުއިއްޒުގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ވެސް ވަނީ އަންހެނުން ބާރުވެރިކުރުމަށް މުހިއްމު ވައުދުތަކެއް ކަނޑައަޅުއްވާފައެވެ. ބައެއް ކަންކަމުގައި ތެރޭގައި:

އަންހެނުންނަށް ހާއްސަ ލީޑަރޝިޕް ޕްރޮގްރާމްތަކެއް މުޅި ރާއްޖޭގައި ހިންގާ، އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަމަށް މުޅި މުޖްތަމައު ހޭލުންތެރިކުރުވާ، ހިންގުމުގެ ދާއިރާގައި އަންހެނުންގެ ހިއްސާ އަދި ބައިވެރިވުން އަބަދުވެސް ފުރިހަމައަށް އޮންނާނެ ހިސާބަކަށް ޤައުމުގެ ކަންކަން ތަރުތީބުކުރުމާއި އިޖުތިމާޢީ ޢަދާލާތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައި ވެސް އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމަނައި، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގޮތުގައި ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުން ހިމެނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި