1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިލޮން މަސްކުގެ ސްޓާލިންކާ ދެކޮޅަށް އިޒްރޭލުން ފިޔަވަޅުއަޅަނީ!

6A6C5FE4-313F-4902-88DD-090536570C5B
މުހައްމަދު އަޚްތަރު
597ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް ޣައްޒާއަށް ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ރާވާފައިވާތީ އެކަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިޒްރޭލުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކަހްރީ ވިދާޅުވެއްޖެއެވެ. 

މިދިޔަ ހުކުރު ދުވަހު ދިން ވަރުގަދަ ހަމަލާ ތަކަށްފަހު ޣައްޒާއިން ވަނީ އިންޓަނެޓުގެ ޚިދްމަތް މެދު ކެނޑިފައެވެ. އެހެންވެ، ބިލިޔަނަރު އީލޮން މަސްކު ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އޭނާގެ ސްޓާލިންކު ޣައްޒާގައި ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ނިންމާފައެވެ.

އިޒްރޭލުން ދައްކާ ބަހަނާއަކީ ހަމާސް އިން ޓެރަރިސްޓް ހަރަކާތްތަކަށް އެޚިދްމަތް ބޭނުން ކުރާނެ ކަމަށް ދައްކާ ބަހަނާއެވެ. އިޒްރޭލުގެ ދިފާއީ ވަޒީރު ވިދާޅުވީ ހަމާސްއިން ސްޓާލިންކް އެމީހުންގެ ހަތިޔާރު އެތެރެ ކުރުމަށް ބޭނުން ކުރާނެ ކަމަށާއި އެކަން މަސްކަށްވެސް އެނގޭނެ ކަމަށެވެ.

300 × 250

https://twitter.com/jacksonhinklle/status/1718321801623712011?s=46&t=YOMcM7x-FnT57_2QqFS_kQ

އޭގެ ރައްދުގައި ޓެކް ބިލިއަނަރު ވިދާޅުވީ އޭނާ އެކަން އެގޮތަށް ހިނގާފާނެކަން ނޭނގޭ ކަމަށެވެ.

މަސްކް ވިދާޅުވީ އެސަރަހައްދަށް އިންޓަނެޓް ލިބޭގޮތް ހަދަން އޭނާ މަސައްކަތް ކުރަނީ ހަމައެކަނި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. އެހެން ބޭނުމަކަށް ބޭނުން ކުރެވޭނަމަ ޚާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

https://twitter.com/elonmusk/status/1718376814769258956?s=46&t=YOMcM7x-FnT57_2QqFS_kQ

 

ޣައްޒާގައި ފޯނާއި އިންޓަނެޓްގެ ވަސީލަތް ނެތުމުގެ ސަބަބުން ނިއުސް އޯގަނައިޒޭޝަންތަކާއި އެހީދޭ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކަށް ވަނީ ހީނަރުކަން އައިސްފައެވެ. 

އެގޮތުން އދ.ގެ ކުޑަކުދިންގެ ޖަމިއްޔާ (ޔުނިސެފް) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޑޮކްޓާސް ވިތައުޓް ބޯޑާސް އާއި ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ފަދަ ޖަމިއްޔާތަކުން ވެސް ވަނީ އެ ޖަމިއްޔާތަކުގެ މުވައްޒަފުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރިޕޯޓްކޮށްފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި