1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށް، ހާއްސަ ވުޒާރާއެއް ގާއިމު ކުރާނަން: ޑރ މުއިއްޒު

mui44
އޮކްޓޫބަރު,29, 2023، މާލެ، މަސީގެ ޖަލްސާ-- ފޮޓޯ: ޕީޕީއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
441ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށް، އެ ދާއިރާއަށް ހާއްސަ ވުޒާރާއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކައިގައި އިމާރާތްކުރުމުގެ ސިނާއަތަކީ ރައްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަން ފާހަގަކުރައްވައި ވިދާޅުވީ މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުތަކުން އެއްބާރުލުން ލިބުނު ނަމަވެސް، އަދިވެސް ސިނާއަތް ކުރިއެރުވުމަށް ކުރެވޭނެ އިތުރު އެހެން ގިނަ ކަންކަން އެބަ ހުރިކަމަށެވެ.

300 × 250

ރާއްޖޭގައި ބޮޑެތި ސިނާއަތްތަކަށް ވަކި ވުޒާރާތައް ހުންނަކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ، ޓުއަރިޒަމަށް ވަކި ވުޒާރާއެއް، މަސްވެރިކަމަށް ވަކި ވުޒާރާއެއް އޮންނަ އިރު، ދަނޑުވެރިކަމަށް ވެސް ވަކި ވުޒާރާއެއް ބިނާ ކުރައްވާނެކަން އެ މަނިކުފާނު ހާމަކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ކޮންސްޓަރަކްޝަން އިންޑަސްޓްރީ އޮންނަނީ އަބަދު ވެސް ކޮންމެ ވެސް ވުޒާތާއެއް ތެރެއަށް ލެވި ފޮރުވިފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ބޭރަށް ނެރި، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލް ވާގޮތަށް އިރާދަކުރެއްވިއްޔާ ވުޒާރާއެއް ގާއިމް ކުރާނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މިކަމުގެ ސަބަބުން އެ ސިނާއަތުގެ ކަންކަމަށް ވަކިން ބޮޑު އިސްކަމެއް ދެވޭނެ ކަމަށެވެ. އަދި، ވަކި ވުޒާރާއެއް ބިނާކުރުމުން، ބޭރުގެ އެހެން ގައުމުތަކުން ހޯދަންޖެހޭ އެހީތައް ހޯދުމުގައި ވެސް ވަރަށް ބޮޑު ތަފާތެއް ފެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޑރ މުއިއްޒު ވަނީ ކޮންސްޓްރެކްޝަން ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެދާއިރާގެ ބޭފުޅުންނަށް ދެއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި