1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

އީވާ ސަލާމުގައި، މަޖިލިސް ޖަލްސާ މިއަދުވެސް ކެންސަލް

evt
އީވާ މަޖިލިސް ރިޔާސަތުގައި
ޝަފްޢަތު ، ހުވަދޫ މީޑީއާ
349ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ޖަލްސާ ވެސް މަޖިލިހުގެ އިދާރާ އިން ކެންސަލް ކޮށްފި އެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެމްބަރަކު ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ ގަރާރު ހުށަހަޅަން އިއްޔެ ވެސް ޖަލްސާއެއް ތާވަލުކުރި އެވެ.

އެކަމަކު އިއްޔެގެ ޖަލްސާ އެކޭ އެއް ގޮތަށް، އީވާ މިއަދު ވެސް ސަލާން ފޮނުއްވާފައިވާތީ، އެ ޖަލްސާގެ ވެސް ބޭއްވެން ނެތް ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ މެމްބަރުންނަށް އަންގައިފަ އެވެ.

300 × 250

އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކުރިއަށް ގެންދެވިފައި ނުވެއެވެ. އަދި މިއަދުވެސް އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ފޮނުއްވާފައެވެ.

އިއްޔެގެ ޖަލްސާ ކެންސަލްކުރިކަން އިއުލާނުކުރައްވަމުން އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އީވާ އާލާސްކަންފުޅާ އުޅުއްވާކަން މަޖިލީހުގެ އިދާރާއަށް ލިއުމުން އެންގެވީ އިއްޔެ ހެނދުނު ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ ގަރާރެއްގެ ނޯޓިސް މެމްބަރުންނަށް ފޮނުވުމަށް ފަހު އެ ނޯޓިހުގެ މުއްދަތު ހަމަވެފައިިވާ ނަމަ އެންމެ ފުރަތަމަ އަށް އަންނަ ރަސްމީ ދުވަހު އެ ޖަލްސާ ބާއްވަން ޖެހޭ ކަމަށާއި އެހެންވީމާ މިއަދު ޖަލްސާއަށް ވެސް އެޖެންޑާ ކުރާނީ އެ މައްސަލަ ކަމަށެވެ.

ނިއުޝާއަށް އީވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮތީ މަޖިލީހުގެ ގަވައިދުގެ 246 ވަނަ މާއްދާގެ ދަށުން ސަލާމް ފޮނުއްވާ ކަމަށެވެ. މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތަކާ އެކު ފޮނުއްވި ސިޓީގައި އޭނާ އެދިވަޑައިގެންފައި އޮތީ އެ ލިޔުންތައް މަޖިލީގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މައިނޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާ ހިއްސާކޮށްދެއްވުމަށެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް އެމަނިކުފާނަށް ނޯޓިސް ފޮނުވާފައިވަނީ 12 އޮކްޓޯބަރުގައެވެ. 49 މެންބަރުންގެ ސޮޔާއެކު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ވެސް އޮކްޓޯބަރު މަހުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި