ނުރަސްމީ ދަތުރުފުޅެއްގައި އިންތިހާބީ ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމަނިކުފާނު ފުރާވަޑައިގަންނަވާނީ މިރޭ 23:40 ގައި ސިންގަޕޫރު އެއާލައިންސްއިންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޑރ. މުޢިއިއްޒު ސިންގަޕޫރަށް ފުރާ ވަޑައިގަންނަވާއިރު އެމަނިކުފާނު ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ 17 ނޮވެންބަރު ވާ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.
މުޢިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް 3،500 އެއްހާ މީހުންނަށް ދައުވަތު ދޭނެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ވެރިން ވެސް ހިމެނެއެވެ.








ޚިޔާލު (1)
ތިޔައީ މައުމޫނުން ފެށިގެން ހުރިހާ ރައީސުންވެސް ކުރާ ދަތުރެކެވެ. އެއީ ބްރޭންޑަޑް ކޯރޓް ފަޓްލޫނު ފަހާލާ، ފަރސްޓް ލޭޑީ ހެދުންކޮޅު ފަހާލާ ބައެއް ކަހަލަ ސޮޕިންގ ކޮއްލަން ދާ ދަތުރެކެވެ.