1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ރައީސްޔާމީނަށް ލުއިދިން އިގްރާރާ ހިލާފުވާނަމަ ފިޔަވަޅުއަޅާނަން: ކަރެކްޝަންސް

yaanoo
ޝަފްޢަތު ، ހުވަދޫ މީޑީއާ
339ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެގާރައަހަރުގެ ޖަލުހުކުމް ގޭގެބަންދަށް ބަދަލުކުރުމަށްފަހު، ގޭގެ ބަންދުން ވަކިގޮތްތަކެއްގެ މަތިން ޝަރުތުތަކެއް ކަނޑައަޅައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއިން ބޭރަށް ނުކުންނެވުމުގެ ހުއްދަ ދިނީ ބޭސްފަރުވާގެ ކަންކަމަށް އެކަނި ކަމަށާއި އެމަނިކުފާނުގެ ހަރަކާތްތައް މޮނިޓާ ކުރާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ޔާމން ގެއަށް ބަދަލު ކުރީ މި މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން، ކަރެކްޝަންސް އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ޔާމީނުގެ ބަންދަށް އަނެއްކާ ވެސް ލުޔެއް ދީ، އެ އިދާރާއަށް އެންގުމަށްފަހު މެޑިކަލް ކަންކަމުގައި ގެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފައެވެ. ނަމަވެސް، އެ ލުއި ދިނުމާއެކު ޔާމީން ވަނީ ޕީޕީއެމްގެ އޮފީހަށް ރޭ ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މެޑިކަލް ކަންކަމުގައި ޔާމީނަށް ގެއިން ބޭރަށް ނުކުމެވަޑައިގަނެވޭނީ ވެސް އެ އިދާރާއަށް އެންގުމަށްފަހު ކަމަށެވެ. އަދި ޔާމީން ގެއަށް ބަދަލު ކުރީ އިގުރާރެއްގައި ސޮއި ކުރުމަށް ފަހުގައި ކަމަށާއި އެއާ ހިލާފު ވާނަމަ، ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

300 × 250

ޕީޕީއެމް އޮފީހުގައި ރޭ އޮތް ބައްދަލުވުން ކުރިއަށް ދިޔައީ ކަރެކްޝަންސް އަށް އެނގިގެން ކަމެއް ނުވަތަ ނޫން ކަމެއް އެ އިދާރާ އިން ނުބުނެއެވެ.

ރޭގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެއްވެސް މެމްބަރަކު އެހެންޕާޓީއަކަށް ނުވަތަ ޕީއެންސީއަށްވެސް ސޮއިކުރާން ނުޖެހޭކަމަށެވެ.

"ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ. ޕާޓީގެ އަމާޒަކަށްވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުން. ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ. އެއީ އެއްފިކުރެއްގެ ދެ ޕާޓީ. ރައްޔިތުންގެ މަޖްލިހުގެ އިންތިޚާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތްކުރަންޖެހޭ" ޔާމީން ވިދާޅުވިއެވެ.

އިންތިޚާބުގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރާނެކަމަށް ވިދާޅުވެފައެވެ. ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަކީ ނުހައްގު އަނިޔާތަކެއްކަމަށް މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި