1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބަޖެޓް ހުށަހަޅާ ޖަލްސާއަށް ފިނޭންސްމިނިސްޓަރ ވަޑައިނުގަންނަވާނެ

amw
ފިނޭންސްމިނިސްޓާރ އަމީރު
ޝަފްޢަތު ، ހުވަދޫ މީޑީއާ
323ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދައުލަތުން 2024ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓު ހުށަހެޅުމަށް މިއަދު އޮންނަ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެންނެވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ނިންމަވައިފިއެވެ.

މިނިސްޓަރު އަމީރު އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީން ގާނޫނީ ލަފާ ދެއްވާތީއެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނިމިދިޔަ ދެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ނައިބް ރައީސް އާލާސްކަން ފުޅާ އުޅުއްވާތީ ޖަލްސާ ވަނީ ކުރިއަށްދާ ގޮތެއް ނުވެފައެވެ.

ގާނޫނު ބުނާގޮތުން، ކުރިއަށް އޮންނަ އަހަރަށް ކަނޑައަޅާ ބަޖެޓު ކޮންމެ އަހަރެއްޖެވެސް އޮކްޓޯބަރު މަހުގެ ނިޔަލަށް ހުށައަޅަންޖެހެއެވެ. ބަޖެޓް ހުށަހެޅުއްވާނީ ގާނޫނުގައި ބުނާގޮތުން ފިނޭންސް މިނިސްޓަރެވެ. ބަޖެޓްގެ މަސައްކަތް މިފެށޭ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައި މަޖިލިސްގެ ގަވާއިދު ބުނާގޮތުން މަޖިލިސް ބޮޑު ޗުއްޓީއަށް ދާނެއެވެ.

300 × 250

ބަޖެޓް މަޖިލީހަށް ހުށަހަޅާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތޮމުން ފިނޭންސް މިނިސްޓަރ އަމީރު ވަނީ ބަންޑާރަ ނައިބްގެ ގާނޫނީ ލަފާ މިކަމުގައި ހޯއްދަވާފައެވެ. އަމީރު ނިންމަވާފައިވަނީ އެޓަރނީ ޖެނެރަލް (އޭޖީ) ގެ ލަފާފުޅާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނެވުމަށެވެ.

އެމްޑީޕީން ވަނީ މިއަދުގެ ޖަލްސާއަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށް ދިނުމަށްވެސް އެދިފައެވެ. އަދި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތަކަށް ޖާގަ ދޭނީ އެމައްސަލައާއިމެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން، ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ.

މިއީ 2023 ވަނަ އަހަރަށް ހުށައެޅި ބަޖެޓަށްވުރެ 5.3 އިންސައްތަ އިތުރު އަދަދެއްކަމަށް މި ރިޕޯޓްގައި ބުނެއެވެ. މިއަހަރު ދަޢުލަތުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 42.8 ބިލިއަން ރުފިޔާއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި