1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެއިން ކޮލަމްބޯއަށް ދަތުރުފެށި ފްލައިޓެއް އިންޑިޔާއަށް ލޭންޑްކޮށްފި

flio
ޝަފްޢަތު ، ހުވަދޫ މީޑީއާ
314ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖެއިން ފުރައިގެން ސްރީ ލަންކާގެ ކޮލޮމްބޯއަށް ދަތުރުފެށި ފްލައިޓެއް އިންޑިއާއަށް ލޭންޑުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސްރީ ލަންކަން އެއާލައިންސްގެ އެ ފްލައިޓަކީ އިއްޔެ މާލެއިން ލަންކާއަށް ފުރި ފްލައިޓެކެވެ.

އެ ފްލައިޓް އިންޑިއާގެ ތިރުވަނަންތަޕޫރަމް އެއާޕޯޓަށް ލޭންޑުކުރީ މޫސުން ގޯސްކަމުން ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސެން ނެތުމުންކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

300 × 250

ހަމަ އެއާއެކު އިންޑޮނޭޝިޔާގެ ޖަކާޓާއިން ފުރި ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓެއްވެސް އިންޑިއާގެ ތިރުވަނަންތަޕޫރަމް އެއާޕޯޓަށް ޑައިވާޓް ކުރިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ދެ ފްލައިޓް އަނބުރާ ލަންކާއަށް ދިޔަކަމެއް ސާފެއް ނޫނެވެ.

ލަންކާގެ ނިއުސްވަޔަރ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މިއަދުވެސް ލަންކާއަށް މޫސުން ގޯހެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި