ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް ކަމުގެ މަގާމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު, ހުސެއިން އަމްރު ކުރިމަތިލައްވައިފިއެވެ.
އަމްރު މިކަން ހާމަކުރައްވާފައި ވަނީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެޕޯސްޓުގައި އަމްރު ވިދާޅުވީ ޑިމޮކްރެޓްސްގެ ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށާއި މިކަމުގައި އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާ ތާއީދު ދެއްވުން އެދި ދަންނަވާ ކަމަށެވެ.
ދަ ޑޮމޮކްރެޓްސްގެ މަގާމަށް އަމްރު ކުރިމަތިލައްވަން ނިންމާފައި އެކަން އިއުލާންކޮށްފައިވާއިރު، ޑިމޮކްރެޓްސް ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވަނީ ކުރިމަތިލައްވާފައެވެ.
އަމްރު މި މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ވަނީ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފައެވެ.
ޑިމޮކްރެޓްސްގެ ރައީސް އާއި ނައިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގައެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން ވަނީ ހުޅުވާލާފައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 10:00 އެވެ.
ޚިޔާލު (1)
އޭގެ ކުރިން ތެޔޮ ޕާރޓީ އަށް ތިންހާސް މީހުން ހަމަވޭތޯ ބަލާބަލާށެވެ.