1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ބީހައިވް ހޮޓެލްސްއަށް 32ހާހަށްވުރެ ގިނަ ޑޮލަރު ދައްކަން އެފްއޭއޭމް އަށް ހުކުމްކޮށްފި

bassam
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް .....ފޮޓޯ: ރާއްޖެއެމްވީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
351ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް 32،426 އެމެރިކާ ޑޮލަރު ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ އެފްއޭއެމްގެ އެދުމުގެ މަތިން "ބީހައިވް" އިން އެ އެސޯސިއޭޝަނަށް ފޯރުކޮށްދީފައިވާ ފައިސާގެ މައްސަލައެކެވެ. އެ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުން ބީހައިވް އަށް ދޫކޮށްފައިވާ ޗެކް، އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން ވަނީ އަނބުރާ ރައްދު ކޮށްފައެވެ. އެހެންކަމުން ބީހައިވް އަށް ދައްކައި ހަލާސްކުރަންޖެހޭ 32،426 އެމްރިކާ ޑޮލަރާއި، އެފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާތީ ބީހައިވް އަށް ލިބެމުންދާ ގެއްލުމުގެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދި ބީހައިވް އިން އެފްއޭއެމްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.

މި ދައުވާގައި 32،426 އެމެރިކާ ޑޮލަރު ދޭންޖެހޭ ކަމަށް ބުނާ ބަޔަށް އެފްއޭއެމުން އެއްބަސްވި ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ހުށަހަޅާފައިވާ ދެ ޕަސެންޓަށް އެފްއޭއެމުން އެއްބަސްވެފައެއް ނުވެއެވެ.

300 × 250

އެފްއޭއެމުން ބުނެފައި ވަނީ، ފަހުން ދައްކާގޮތަށް ބީހައިވް އަށް ފައިސާ ދޫކޮށްފައިވީ ނަމަވެސް އެ ފައިސާ ނުދެއްކޭ ހާލަތުގައި ގެއްލުމުގެ ބަދަލު ދިނުމަށް އެއްބަސްވުމުގައި ނޯންނާނެ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އެފްއޭއެމުން ބުނެފައި ވަނީ އެ ފައިސާ ދެއްކިފައި ނުވަނީ، އެސޯސިއޭޝަން މާލީގޮތުން ދަށް ވުމުގެ ސަބަބުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހާ އަހަމައަށް ލިބިފައި ނުވާތީ ކަމަށެވެ. އެހެންކަމުން ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އަކީ އެފްއޭއެމަށް މިހާރު ދިމާވެފައިވާ ހާލަތުން އެކީ އެއްފަހަރާ ދެއްކޭނެ ފައިސާއެއް ނޫން ކަމަށްވާތީ، އެ ދަރަނި އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް އަމުރުކޮށްދިނުމަށްވެސް އެފްއޭމުން އެދުނެވެ.

އެފްއޭއެމުން އެދުނު އެ ކަންތައްތަކަށް ބީހައިވްގެ ފަރާތުން ދެކޮޅު ހަދާފައި ނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިމަނާފައިވާ ދެ ޕަސެންޓަކީ މައާފު ކޮށްފައިވާ އަދަދެއްކަމަށް ނިންމައި، ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް އެފްއޭއެމުން ދައްކަން ޖެހޭ 32،426 ޑޮލަރު އެފަރާތަށް ލިބިދިނުމުގެ ގޮތުން އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެތެރޭގައި ކޮންމެ މަހަކުވެސް އެމަހެއްގެ 10 ގެ ކުރިން އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ބީހައިވް އަށް ދައްކައި ދަރަނި ހަލާސްކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި