އިޒްރޭލުން ފަލަސްތީނުގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ.އެއީ އެ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި އެތައް ހާސް ކުދިން މަރުވެ، ހަމަނުޖެހުންތަކާއި ފެނުގެ ދަތިކަމުގެ ސަބަބުން އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާތީއެވެ.
ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވީ ޣައްޒާ އަކީ މިހާރު އެތައް ހާސް ކުޑަކުދިންގެ ގަބުރުސްތާނަކަށް ވެފައިވާ ކަމަށެވެ. ފަލަސްތީނުގައި އަނިޔާގެ ސަބަބުން އެކަހެރި ކޮށްފައިވާ 3450 އަށް ވުރެ ގިނަ ކުޑަކުދިން މިދުނިޔެ ދޫކޮށްފައިވާ ކަމަށާއި ކޮންމެ ދުވަހަކު މަރުވާ ކުޑަކުދީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
https://twitter.com/UNICEFmena/status/1719426049623167242?s=20
އެލްޑާ މިހެން ވިދާޅުވި އިރު އިޒްރޭލުން ޣައްޒާއަށް ދޭ އެއްގަމު ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ޣައްޒާގެ ފެނުގެ ނިޒާމު ހަލާކުވެ، އެ ސަރަހައްދުގައި މަރުވި މީހުންގެ އަދަދު 8000އަށްވުރެ ވަނީ ގިނަވެފައެވެ. އެލްޑާ ވިދާޅުވީ ކުޑަކުދީންނަށް ދޭ ހަމަލަތަކަކީ ބޮމާއި މިސައިލުންދޭ ހަމަލާ ތަކަށްވުރެވެސް ބޮޑުކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ޣައްޒާގެ ފެން އުފެއްދުމުގެ ކެޕޭސިޓީ އާދައިގެ މަތިންދޭ މިންވަރުގެ ފަސް ޕަސެންޓަށް މަދުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އެއް މިލިއަނަށް ވުރެ ގިނަ ކުދިން ޑީހައިޑްރޭޝަންގެ ސަބަބުން މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންގޮތެއް ނެތިގެން ލޮނުފެން ބުއިމުގެ ސަބަބުންވެސް އެތައް ކުދިންނެއް ވަނީ ބަލިވެފަ އެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު އެންމެ ފަހުން ހިނގި ހަނގުރާމައިގެ ކުރިންވެސް ޣައްޒާގެ ހަތަރުބައިކުޅަ ތިންބައި ކުދިންނަކީ ނަފްސާނީ ދުޅަހެޔޮކަމުގެ އެހީތެރިކަން ބޭނުންވާ ކުދިންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށް ޔުނިސެފުން ބުނެއެވެ. އެލްޑާ ފާހަގަ ކުރެއްވި ގޮތުގައި ހަނގުރާމަ ހުއްޓުމާއެކު އެކުދީންގެ ނަފްސާނީ މައްސަލަތައް ދިގު މުއްދަތަކަށް ދެމިގެން ދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.