1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ކުރީގެ ރައީސް ޔާމީނަށް އިގުރާރު ބާތިލުކުރާނެކަމުގެ އިންޒާރު ދީފި

yaanyy
ރައީސް ޔާމީނަށް ލުއި ދީފައިވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ނުހިމެނޭހެން:ކަރެކްޝަންސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
366ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަންދަށް މިހާރު ދީފައިވާ މާލޭ ބަންދު ލުއީގެ އިގުރާރާ ހިލާފު ވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން އެމަނިކުފާނަށް އިންޒާރު ދީފިއެވެ.

އެގާރައަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގޭގެބަންދަށް ބަދަލުކުރުމަށްފަހު، އެބަންދުން މާލޭގެ (ރަށު ބަންދަށް، ވަކި ޝަރުތުތަކަކާ އެއްބަސްވެވަޑައިގަތުމަށްފަހު) ބަންދަށް ވަނީ ދޫކުރެވިފައެވެ.

ކަރެކްޝަންސް އިން ބުނެފައި ވަނީ ރައީސް ޔާމީނަށް ދެއްވާފައިވާ ލުއިތަކުގެ ތެރޭގައި ސިޔާސީ ހަރަކާތް ހިންގުން ނުހިމެނޭ ކަމަށެވެ.

300 × 250

އެހެންނަމަވެސް އެސާވިސް އިން މިހެން ބުނެފައި ވާއިރު މާލޭ ބަންދަށް ލުއި ލިބުނު ދުވަސް ނޫން އަނެއް ދުވަހު ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކާ ބައްދަލު ކުރައްވާފައެވެ. އަދި ޖެހިގެން އައި ރޭ ޕީޕީއެމް އޮފީހުގައި ޖަލްސާއެއް ބާއްވައި ޖަލްސާގައި ވާހަކަފުޅުވެސް ދައްކަވާފައެވެ. ޖަލްސާއަށްފަހު ރައީސް ޔާމީން ނޫސްވެރިންގެ ބައެއް ސުވާލުތަކަށްވެސް ޖަވާބުދެއްވިއެވެ. އެންމެ ފަހުން ބޭއްވި ބައްދަލުކުރެއްވުން ވަނީ ޓީވީން ލައިވްކޮށް ދައްކާފައެވެ.

ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ފިޔަވަޅެއް ނާޅާތީ ފާޑުކިޔުން އަމާޒުވެފައިވާއިރު ކަރެކްޝަންސް އިން މިއަދު ވަނީ މީޑިއާތަކަށް އެކަމާ ގުޅިގެން މެސެޖެއް ފޮނުވައިފައެވެ.

"އިގުރާރާ ހިލާފަށް، އަމަލުތައް ބަހައްޓަމުން ދާކަން ފާހަގަކުރެވޭތީ، އިގުރާރާ އެއްގޮތަށް އަމަލުކުރުމަށް ރައީސް ޔާމީނަށް މިއަދު ވަނީ އިންޒާރު ދެވިފައި. އަދި ތަކުރާރުކުރާ ނަމަ އިގުރާރު ބާތިލް ކުރެވޭނެ ކަމަށް ވަނީ އެންގިފައި،" ކަރެކްޝަނުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގައި ހުންނެވިއެއް ކަމަކު ސިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރިވުމަކީ ގާނޫނުއަސާސީގައި ގައިދީން ކުރުން މަނާ ކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި