އިޒްރޭލާ ދެކޮޅަށް ހަމާސް އިން ދޭ ހަމަލާތަކުން ހިތްވަރު ލިބޭ ބަޔަކު ނުވަތަ ޖަމާއަތްތަކުން އެމެރިކާގެ ބިމުގައި ހަމަލތަކެއް ދިނުމުގެ ފުރުސަތު ބޮޑުކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ރޭ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވިދާޅުވެއްޖެ އެވެ.
ސެނެޓުގެ ހޯމްލޭންޑް ސެކިއުރިޓީ ކޮމިޓީގެ އަޑުއެހުމެއްގައި އަންގާރަ ދުވަހު، ރޭ ވިދާޅުވީ ހަމާސް ޖަމާއަތާއި އެ ޖަމާއަތުގެ ބައިވެރިންގެ އަމަލުތަކަކީ އިންސްޕިރޭޝަނަކަށް ވާނެ ކަން ދެނެގަންނަ ކަމަށާއި، އެކަންކަމަކީ މީގެ އެތައް އަހަރެއް ކުރިން އައިއެސް އިން ވެސް ފަނިފައި ނުވާފަދަ ކަންކަން ކަމަށެވެ.
ފާއިތުވި ހަފުތާތަކުގެ ތެރޭގައި ބޭރުގެ ވަރުގަދަ ޖަމާއަތްތަކުން ވަނީ އެމެރިކާ އާއި ހުޅަނގަށް ހަމަލާދިނުމަށް ގޮވާލާފަ އެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ޣައްޒާއަށް ދިން ޙަމަލާތަކުގައި ގާތްގަނޑަކަށް 1400 މީހުން މަރުވެ، 250މީހުންވަނީ ރަހީނު ކޮށްފައެވެ. އެކަމާ ގުޅިގެން އިޒްރޭލުން ފަލަސްތީނުގެ 8000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަކަށް އިޒްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 50 މީހުން ވަނީ މަރުވެފައެވެ.
އެމެރިކާގެ މަސްލަހަތުތަކަށް ކުރިމަތިވާ ބައެއް ނުރައްކާތައް ކުރިމަތިވަނީ އެމެރިކާއިން އިސްރާއީލަށް ކުރާ ތާއީދުގެ ސަބަބުންނެވެ. ފާއިތުވި ދެ ހަފުތާގެ ތެރޭގައި އިރާގާއި ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް 27 ޑްރޯން ހަމަލާގެ އިތުރުން ރޮކެޓް ހަމަލާދީފައިވެ އެވެ.
ރޭ ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމެރިކާގައި ދިރިއުޅޭ މީހުންގެ ތެރެއިން އުފެދޭ ގްރޫޕްތަކުން އެމެރިކާ މީހުންނަށް ހަމަލާ ދީފާނެ ކަމުގެ ކަންބޮޑުވުމެވެ. ޓެރަރިޒަމްގެ ނުރައްކާ 2023 ވަނަ އަހަރުގެ ތެރޭގައި އުފުލިފައި އޮތް ނަމަވެސް މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގައި އެމެރިކާ މީހުންނާ ދެކޮޅަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު، ހީވެސް ނުކުރާ މިންވަރަށް އެބަ އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.