އިޒްރޭލުގެ އިންސާނިއްޔަތުކަމެއް ނެތް އަނިޔާގައި ފަނާވަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް، ޤާނޫނީ ވަކީލު ޝަޒީމު ވަޙީދު ވަނީ އެއްލައްކަ ރުފިޔާ ޣައްޒާއަށް ހަދިޔާކޮށްފިއެވެ.

ޝަޒީމް ވިދާޅުވީ، ފައިސާ ހަދިޔާ އެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭނެކަން ޔަޤީންވުމުން ކަމަށެވެ. ޝަޒީމް  ވަނީ ފަލަސްތީނުގެ ދިފާއުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ސޯޝަލް މީޑިއާގައި މަސައްކަތް ކުރަމުން އަންނަ ފަރާތެއްގެ ގޮތުގައެވެ. ޝަޒީމަކީ ރާއްޖޭގައި ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރަމުން އަންނަ ޤާނޫނީ ކުޅަދާނަ ވަކީލެކެވެ.

ޣައްޒާއަށް ފަންޑު ހޯދުމަށްޓަކައި، އެކި ފެންވަރުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މިހުރިހާ ކަމެއްގައި އެންމެ އިސް ސަފުގައި ޒުވާނުން ތިބިކަންވެސް ފާހަގަކުރަންޖެހެއެވެ. ރާއްޖެއަކީ އަބަދުވެސް ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ ދިފާޢުގައި މަސައްކަތްކުރަމުން އަންނަ ޤައުމެކެވެ. މީގެ ކުރީގައިވެސް ޣައްޒާގެ ރައްޔިތުންނަށްޓަކައި ބައިނަލް އަޤްވާމީ ފެންވަރުގައި ރާއްޖޭގައި މަސައްކަތްކުރެވުނެއެވެ.

ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާމައަށް މަސްދުވަސް ވުމާއި ގާތްވެފައިވާއިރު، ހަނގުރާމަ ނިމޭނެކަމުގެ އެއްވެސް އިޝާރާތެއް އަދިވެސް ނުފެނެއެވެ.