1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލަނޑާނަގަން ފައިބާ އުޅެނިކޮށް ލޯންޗެއްގެ ބުރަފަތިން ޖެހި މީހަކު ނިޔާވެއްޖެ

gema
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,343ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގއ. ގެމަނަފުށީ ނެރު ކައިރިން ލަނޑާ ނަގަން ގޮސް އުޅުނު މީހެއްގެ ގައިމަތިން ދަތުރުކުރި ލޯންޗެއްގެ ބުރަފަތިން ޖެހި ހިނގި ހިތާމަވެރި ހާދިސާއެއްގައި މީހަކު ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިހިތާމަވެރި ހާދިސާގައި ނިޔާވެފައި ވަނީ ހޯޑެއްދުއަށް ނިސްބަތްވާ ކަނޑުހުޅުދޫގައި ދިރިއުޅޭ ފަރާތެކެވެ.

ހުވަދޫ ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ހުއިފިލަނޑާ ނަގަން ގެމަނަފުށީ ނެރު ސަރަހައްދުގައި ބަޔަކު ފީނަން އުޅުނު ވަގުތެއްގައި އެ ސަރަހައްދުގެ ހަދާ ރިސޯޓެއްގެ ލޯންޗެއް، ގެމަނަފުއްޓަށް ވަންނަން އައިވަގުތު މޫދުގައި އޮތް މީހާގެ ގައިގައި ބުރަފަތިން ޖެހިގެންނެވެ.

300 × 250

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި މީހާގެ ބަނޑު ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާއިރު ފަލަސްމަސްގަނޑުވެސް ވަރަށް ބޮޑަށް އޮތީ ކަފައިގެން ގޮސްފައި ކަމަށްވެއެވެ.

ނިޔާވި މީހާގެ ހަށިގަނޑު މިހާރު އޮތީ ގެމަނަފުށީ ސިއްހީ މަރުކަޒުގައެވެ. ކަނޑުހުޅުދޫން ޑިންގީއެއްގައި ގެމަނަފުށްޓަށް ގޮސް އުޅުނު ބަޔަކަށް އެކްސިޑެންޓުވި ހަބަރު ލިބިގެން ޑިންގީގައި ގޮސް އެމީހާ ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައީ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ފުލުހުން އަންނަންދެން ހަށިގަނޑު އޮތީ ބާއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި