1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަލަސްތީނަށް އެހީވާން ފަންޑު ހޯދަން މުޅި ފަރެސްމާތޮޑާ މިއަދު ނުކުންނަނީ

farss
ޝަފްޢަތު ، ހުވަދޫ މީޑީއާ
278ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފަލަސްތީން ގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ފަންޑު ހޯދަން މުޅި ފަރެސްމާތޮޑާ މިއަދު ހަވީރު ނުކުންނަން ތައްޔާރު ވެއްޖެއެވެ.

މިއަދު ހަވީރު 4 ން ރޭގަނޑެއް 10 އަށް ކުރިޔަށް ގެންދާ ފަންޑްރައިޒިން އިވެންޓާ ގުޅޭ ގޮތުން ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވަމުން މި ޙަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރެސްމާތޮޑާ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ކުރިޔަށް ގެންދާ ހަރަކާތަކީ މުޅި ރަށް ތަމްސީލު ވާހެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށާއި މި ހަރަކާތުގައި ކައުންސިލް ގެ އިތުރުން ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ، ފަރެސްމާތޮޑާ ފެނަކަ، ފަރެސްމާތޮޑާ އެއަރޕޯޓް، ހެލްތު ސެންޓަރ، ކޯޓު އަދި ހުރިހާ މަސްދޯނި ތައް ބައިވެރިވާނެ ކަމަށެވެ.

ފަރެސްމާތޮޑާ ބަނދަރު ސަރަހައްދު ގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދުމަށް ކުރިޔަށް ގެންދާ މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހިގަމުންދާ ހަނގުރާމައިގައި ޙާލުގައި ޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށެވެ.

300 × 250

މިއަދުގެ ހަރަކާތައް މުޅި ފަރެސްމާތޮޑާ ގެ ހުރިހާ ރައްޔިތުންގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ލިބެމުންދާތީ ރަށު ކައުނަސިލުން ވަނީ އެކަމަށް ޝުކުރުވެރި ވެފައެވެ.

ޔަހޫދީ އިސްރާއީލުން ގެންދަނީ މެދުކެނޑުމެއްނެތި ފަލަސްތީނަށް ހަމަލާދެމުންނެވެ.

މި ހަނގުރާމައިގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކުގައި 1،400 އަށްވުރެ ގިނަ ޔަހޫދީން މަރާލާފައިވާއިރު، ޔަހޫދީ އިސްރާއީލުން ވަނީ ވަރަށް ފަލަސްތީނުގެ ޣައްޒާގެ 9،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި