މުޅިން ތަފާތު ގޮތަކަށް، ފަލަސްތީނުގައި ޝަހީދުވާ ކުޑަކުދިންގެ މަންޒަރު ލޯމައްޗަށް ސިފަވާ ފަދައަކުން ހިތްތަކަށް ތަސްވީރުތައް ހާމަވެއެނގޭ ފަދަ ގޮތަކަށް ރާވާފައިވާ "ފަަލަސްތީނާ އެކު ކަނބަލުން" ހިނގާލުން އިއްޔެ ހަވީރު ބާއްވައިފިއެވެ.
ފަލަސްތީނުގެ ދިދަ އާއި އެގައުމަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކާ އެކު މި ހިނގާލުން ބޭއްވީ ރަސްފަންނު ސަރަހައްދުން ފެށިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗާ ހަމައަށެވެ. ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އެ ހިނގާލުމުގައި ފެނިގެންދިޔައީ ތުއްތު ކުދިން ނިޔާވެފައިވާ މަންޒަރު ދައްކުވައިދިނުމުގެ ގޮތުން ހުދު ފޮތިގަނޑުން ކަފުންކޮށްފައިވާ ގޮތަށް ގަބުރުތައް ހިފައިގެން ތިއްބަ އެވެ. އޭގައި ލޭ ހުރި މަންޒަރު ވެސް ފެނެއެވެ.
އެހެން ހިނގާލުންތަކާ މި ހިނގާލުމުގެ އެންމެ ތަފާތަކީ، ހިނގާލުމުގައި ބައިވެރިވި ކަނބަލުންގެ އަތްތަކުގައި ފަލަސްތީނުގެ މަރުވާ ކުޑަކުދިން ރަމްޒުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ފޮތިތަކެއް ހިފައިގެން ތިބި ކަމެވެ. ޔަހޫދީންގެ ލާއިންސާނީ އަނިޔާގައި މަރުވާ ކުޑަކުދިންގެ ހައްގުގައި އެ ކަނބަލުން ވަނީ އަޑު އުފުލާފައެވެ.









ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.