1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއެކު އުރީދޫ ފަންރަން އިއުލާންކޮށްފި

gtti
ޝަފްޢަތު ، ހުވަދޫ މީޑީއާ
312ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއެކު މި އަހަރުގެ އުރީދޫ ފަންރަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.

މި އަހަރުގެ ފަންރަން އިއުލާން ކުރީ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ. ދުވުން ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް އެ ދުވަހުގެ ރޭގަނޑު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ބާއްވަން ވަނީ ނިންމައިފައެވެ.

އުރީދޫން ބުނީ މި އަހަރުގެ ފަންރަން ތަފާތުކޮށްލުމުގެ ގޮތުން ބާއްވާ ޑްރޯން ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭސް ކަމަށެވެ.

300 × 250

"އުރީދޫ ފަން ރަންގެ 2023 އަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޑްރޯން ރޭސް - އުރީދޫ ޑްރޯން ރޭސް ތައާރަފުކޮށް، ފަންރަންގެ ހަރަކާތްތަކުގެ އުފާވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑްރޯން ރޭސިން ފަދަ ތަފާތު ކުޅިވަރުތައް ތައާރަފުކޮށް، އަޅުގަނޑުމެންގެ އަމާޒަކީ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލެވޭ މަޖާ އަދި އުފާވެރި ތަޖުރިބާތައް ފަހިކޮށްދިނުން،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ޑްރޯންއަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ރޭހަކީ އުރީދޫ ފަންރަންގެ ޕްރިމިއަމް ޕާޓްނަރު ސްޓެބިސިސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ ރޭހެކެވެ. ރޭހުން އެއްވަނައަށް ދާ ފަރާތަކަށް ހާއްސަ އިނާމެއް ދިނުމަށްވެސް އުރީދޫން ވަނީ ނިންމައިފައެވެ.

ދުވުމާއި ޑްރޯން ރޭސްގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް http://ore.do/funrun2023 މެދުވެރިކޮށް މި މަހުގެ 30ގެ ނިޔަލަށް ރަޖިސްޓްރީ ވާންޖެހޭނެއެވެ.

އުރީދޫން ބުނީ ފަންރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ ކަމަށެވެ. އެއީ ފަންރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100 ރުފިޔާގެ ސްޓޭންޑަޑް ކިޓަކާއި ފަންރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅަކާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ 200 ރުފިޔާގެ ފަން ކިޓެވެ.

އުރީދޫ ފަންރަންގައި ކޮންމެ ކިލޯމީޓަރެއް ކައިރީގައި ބަހައްޓާފައި ހުންނަ ސްޓޭޝަންތަކުގައި، ކުލަ، ފެން، ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގުކޮށްފައި ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި