1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެސަރަހައްދުން ހިފެހެއްޓި މަސްވެރިންގެ މައްސަލަ ބޮޑުވެ، ހައިކޮމިޝަންގެ ސަމާލުކަމަށް

ތަމ
އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު
ޝަފްޢަތު ، ހުވަދޫ މީޑީއާ
382ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ދިވެހި ސިފައިން ހިފެހެއްޓި އިންޑިއާގެ ޓެމިލްނާޑޫގެ މަސްވެރިން އެނބުރި ގައުމަށް ފޮނުވާލުމަށް އެ ސްޓޭޓުގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ގޮވާލެއްވި މައްސަލަ ބޮޑުވެ، ރާއްޖޭގެ ހައި ކޮމިޝަންގެ ސަމާލު ކަމަށް އެކަން އައިސްފިއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް އެ ބޯޓުގައި އިންޑިއާގެ 12 މަސްވެރިން އެބަތިބިއެވެ. އެ މައްސަލައިގައި ފިޝަރީޒް މިނިސްޓްރީން ވަނީ އެ ބޯޓު ޖޫރިމަނާކޮށް، އެ ފައިސާ ދެއްކުމުން ނޫނީ ނުފުރޭނެ ކަން ވެސް އަންގައިފައެވެ.

"ދަ ހިންދޫ" އިން ބުނި ގޮތުގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ވަނީ ބޯޓު 42،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަށް މި މަހުގެ އެއް ވަނަ ދުވަހު އަންގައިފައެވެ. އެ އެންގުމާ ގުޅިގެން މިހާތަނަށް އައިއިރު ވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށްވެއެވެ.

300 × 250

ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހިފަހައްޓާފައިވާ މަސްވެރިންނާއި އެ މަސްވެރިންގެ އާއިލާތައް ދިރިއުޅެނީ މަސްވެރިކަންކޮށްގެން ލިބޭ އެއްޗަކުން ކަމަށާއި އެމީހުން ދައްކަން ކުރި ޖޫރިމަނާއަކީ މާ ބޮޑު އަދަދެއް ކަމަށެވެ. އެހެންވެ، ޖައިޝަންކަރް މިކަމުގެ ތެރެއަށް ވަދެ، އެ މަސްވެރިން ދޫކޮށްލުމަށް މަސައްކަތްކޮށް ދެއްވުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.

ސްޓާލިން ވިދާޅުވީ މިދިޔަ މަހު ފުރަތަމަ ދުވަހު މަހަށް ފުރި އެ ބޯޓުން މަސްވެރިކަން ކުރަމުން ދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ އުޅަނދުން ރާއްޖޭގެ ބޯޑަރު ތެރެއަށް ނުވަންނަ ކަމަށެވެ. އަދި ޖައިޝަންކަރް މަސައްކަތް ކުރައްވައިފި ނަމަ، އެ މަސްވެރިން މިނިވަން ވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި (ޖައިޝަންކަރު) މީގެ ތެރެއަށް ވަދެއްޖެ ނަމަ، އެމީހުން ދޫކޮށްލާނެ. އަދި އެމީހުންނަށް އާއިލާ ކައިރި އަށް ދެވޭނެ. އާއިލާތަކުން މިވަގުތު ވަރަށް އުނދަގޫ ހާލަތެއް ތަހަންމަލު ކުރަމުން ދަނީ،" އެ ސިޓީގައިވެއެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި ބުނެފައި ވަނީ މަސްވެރިންނާއި އެމީހުންގެ އާއިލާގެ މެމްބަރުން ބޭނުންވާ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މަސްވެރިން އިންޑިއާ އަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

"މިކަން ހައްލު ކުރުމަށް ހައި ކޮމިޝަނުން ދަނީ ރާއްޖެއާ އެކުގައި މަސައްކަތް ކުރަމުން،" ހައި ކޮމިޝަނުން ބުނެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި