1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަލަސްތީނަށްޓަކައި އަންހެނުން ކޮންމެވެސް ކޮޅެއްގައި ޖެހެންދެން ހުއްޓުމެއްނެތް އިހުތިޖާޖެއް ފަށަނީ

miu
މިއީ އަންހެނުންތަކެއް ފަލަސްތީނަށްޓަކައި، ފެންނަ މަންޒަރަށް ކެތް ނުވެގެން ދެގޮތުން އެއްގޮތް ވަންދެން ހުއްޓައިނުލުމަށް ކުރާ އިހުތިޖާޖެއް
ޝަފްޢަތު ، ހުވަދޫ މީޑީއާ
346ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިޒްރޭލުގެ ލާއިންސާނީ އަނިޔާވެރިކަމުގައި ނެތެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި، ކޮންމެވެސް އެއްކޮޅެއްގައި ޖެހެންދެން ހުއްޓުމެއްނެތް ގޮތެއްގައި "ހިމޭން އިހުތިޖާޖު" ގެ ނަމުގައި (މާލޭ ސިޓީގެ އަންހެން ކަނބަލުންތަކެއް) ކޮންމެ ރެއަކު އަޑުއުފުލަން ނިންމައިފިއެވެ.

މިއީ ދިވެހި އަންހެނުންތަކެއް ފަލަސްތީނަށްޓަކައި، ފެންނަ މަންޒަރަށް ކެތް ނުވެގެން ދެގޮތުން އެއްގޮތް ވަންދެން ހުއްޓައިނުލުމަށް ކުރާ އިހުތިޖާޖެކެވެ. ހަމައެކަނި އިޒްރޭލު މި ދިވެހި ބިމުން ބޮއިކޮޓް ކުރެވުނަސް އެއީވެސް ވަަރަށްބޮޑު ކާމިޔާބީއަކަށް ވާނެކަމަށް މިއަންހެންކަނބަލުން ދެކެއެވެ.

މިރޭ 8:30 އިން ފަށާ މި އިހުތިޖާޖު ކުރިއަށް ދާނީ މަޖީދީމަގާ ދިމާއަށް ވާ ގޮތަށް އާޓިފިޝަން ބީޗުގައެވެ. މި އިހުތިޖާޖު މެދުކެނޑުމެއް ނެތި ކޮންމެ ރެއަކުވެސް ކުރިއަށްދާނެއެވެ.

300 × 250

ފަލަސްތީނު ބިމަށް އޮހޮރެމުން އެދަނީ ހަމަ މުސްލިމް އަހުންނާއި އުހުތުންގެ ލެއެވެ. އެއްވެސް ކުށެއް ނެތް މައުސޫމު ޅަދަރިންނާއި މައިން ޝަހީދު ކުރާ އެ މަންޒަރުތައް ފެނުމުން ހިތްތައް ގެނބިގެންދެއެެވެ. އެ ގައުމާ މިހާ ދުރުގައި ތިބިކަމުގައި ވިޔަސް ދިވެހިންގެ ހިތްތައް ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ގާތުގައެވެ.

"ވަކި މުއްދަތެއް ނެތް، މިއީ ކުރިއަށް މިދާ ލޭއޮރޮހޮރުވުމާ ހެދި ކެތްނުވެގެން ބާއްވާ އެއްވުމެއް، މި އިހުތިޖާޖު ކޮންމެ ރެއަކުވެސް އޮންނާނެ، ގޮތަކަށް ބުނަންޏާ މިއަޑު އިޒްރޭލާ ހަމައަށް ފޯރަންދެން ހިތްވަރު ކުރާނަން، ކުރެވެން އޮތް ގޮތަކަށް މިތިބީ ދީނުގެ ހައްގުގައި އެ ނުލަފާ ހާއިނުންނާ ދެކޮޅަށް ޖިހާދު ކުރަންނުކުމެ، ކޮންމެ އަންހެންބޭފުޅަކު ވެސް އަންނަންވީ އާޓިފިޝަލްބީޗަށް، 8:30 ގައި ކޮންމެ ރެއަކުވެސް މި އިހުތިޖާޖު ފަށާނެ،"

ފަލަސްތީނަށްޓަކައި ދިވެހިންދަނީ ތަފާތު އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އާންމު ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ފަންނާނުންނާއި މަސްވެރިންނާއި ދަނޑުވެރިން، މިހެން ގޮސް ނަން ހުސްކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ފަލަސްތީނަށްޓަކައި ތަފާތު އެކި ކަންކަން ކުރަމުންނެވެ. ހާއްސަކޮށް ކޮންމެ ހަފްތާ ބަންދެއްގައި ފަލަސްތީނަށްޓަކައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. އަދި ފަންޑްރައިޒިން އިވެންޓުތަކުން ލިބޭ ފައިސާ، އައިއޭސީގެ އެހީތެރިކަމާއެކު ފަލަސްތީނަށް ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތައް ފޯރުކޮށްދެއެވެ

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ފެށި އަނިޔާވެރި، ލޭއޮހޮރުވުމުގައި މިހާތަނަށް ގާޒާގައި މަރުވި މީހުންގެ އަދަދު 10،000އިން މައްޗަށް ވަނީ ގޮސްފައެެވެ. މި ބޮޑު ލޭއޮހޮރުވުމުގައި ގިނައިން މަރުވަނީ ކުޑަކުދިންނާއި އަންހެނުންނެވެ. މިހާތަނަށް މަރުވި ކުޑަކުދިންގެ އަދަދު 4،000އާ ކައިރިކުރެ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި