1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވަގު ވިޔަފާރި ހުއްޓުވުމަށް އިންޑިޔާއިން ކުޅަނދުރު ބޭނުން ކުރަނީ

bee
މުޙައްމަދު ޔޫޝައު
611ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބަންގް ލަދޭޝްއާ އިންޑިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި ކުޅަނދުރު ހަތާ ބަހައްޓައިފިއެވެ.

އިންޑިޔާއިން މިކަން ކުރީ ގެރިބަކަރިއާއި ރަނާއި ރިހި އަދި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ.

އިންޑިއާގެ ބޯޑަރ ސެކިއުރިޓީ ފޯސް (ބީއެސްއެފް) އިން ބަންގްލަދޭޝްއާ ގުޅިފައިވާ 4،096 ކިލޯމީޓަރުގެ ސަރަޙައްދުގައި ޖަނަވާރު އެތެރެކުރުމާއި އެހެނިހެން ކުށްތައް ހުއްޓުވުމުގެ ގޮތުން ކުޅަނދުރު ހަތާ ބަހައްޓާ ާފައިވާއިރު، އެސަރަހައްދާ ގުޅިފައިވާ އަވަށްތަކަށް އެތަކެތި ފޯރުކޮށްދީފައިވާ ކަމަށް އިންޑިޔާގެ މީޑިއާތަކުން ބުނެއެވެ.

300 × 250

އޮފިޝަލަކު އިންޑިޔާގެ ޕީޓީއައި ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނަހަމަ ގޮތުގައި އެތކެތި އެތެރެކުރުމުގެ ފުރުސަތު ބޮޑު ވެސްޓް ބެންގާލްގެ ސަރަހައްދުތަކުގެ ބޯޑަރުގައި ހަތާ ބަހައްޓަމުން އަންނަ ކަމަށެވެ.

އިންޑިއާ ސަރުކާރުން ފާހަގަކުރާ ގޮތުގައި ބޯޑަރު ހުރަސްކޮށް ހިންގާ ޖަރީމާތަކާއި , ގަވައިދާ ހިލާފަށް ހިޖުރަކުރުމަކީ އަބަދުވެސް ބޮޑުމައްސަލައެއްގެ ގޮތުގައި އޮންނަ ކަމެކެއެވެ. ޖަނަވާރާއި ރަނާއި ރިހީގެ އިތުރުން މަސްތުވާތަކެތި އެތެރެ ކުރުމުގެ މުއާމަލާތްތައްވެސްވަރަށް ބޮޑަށް ހިންގަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ .

އިންޑިޔާގެ އޮފިޝަލުން ވަނީ ގަވައިދާ ހިލާފަށް ބޯޑަރު ހުރަސްކުރަން މަސައްކަތް ކުރާ މީހުނަށް ކުޅަނދުރުގެ ހަމަލާ ތަކުން ސީރިއަސް އަނިޔާތަކެއް ލިބިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި