މިއަދާ ހަމައަށް މި ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް ކަމެއް ޔަގީންކުރެވިފައެއް ނެތް ކަމަށާއި ޝަރީއަތާ ހަމައަށްދާނެ އެއްވެސް ކަމެއް ޔަގީން ކުރެވިފައި ނުވާ ކަމުގައި ފެނަކަ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ."
ސައިދު މިހެން ވިދާޅުވީ ފާއިތުވި 5 އަހަރު ދުވަހުގެ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެވެ.
އިއްޔެ ކުރިޔަށް ގެންދިޔަ މައުލޫމާތު ދިނުމުގައި ސައިދު ވިދާޅުވީ އަލަށް އުފެދޭ ސަރުކާރު އައިސްގެން ވެސް ފެނަކައިގެ ތެރެއިން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހޯދެން ނޯންނާނެ ކަމަށާއި ފެނަކައާ ބެހޭ ގޮތުން ދައްކާ ކޮރަޕްޝަންގެ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް" ކަމަށެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް ފެނަކައަށް ގިނަ އަދަދެއްގެ މުވައްޒަފުން ސިޔާސީ މަގާމުތަކަށް އިތުރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި ސައީދު ވިދާޅުވީ ރައީސް ސޯލިހު ސަރުކާރުގައި ސިޔާސީ އެއްވެސް މަގާމެއް އެއްވެސް މީހަކަށް ފެނަކައިން ދީފައިނުވާނެ ކަމަށެވެ. އަދި ފެނަކަގެ ބަޖެޓް ސަޕޯޓަށް ނުވަތަ ކެޕިޓަލަށް އެއްވެސް ފައިސާއެއް ހޯދައިފައިނުވާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރު މެދުވެރިކޮށް އެމްއައިބީން 400 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފައިވާ ކަމަށައި އެ ފައިސާ ބޭނުން ކޮށްފައިވަނީ އެސްޓީއޯގެ ތެޔޮ ބިލްތައް ދެއްކުމަށާއި ބައެއް ކޮންޓްރެކްޓަރުންނަށް ދެއްކުމަށް ކަމަށް ސައީދު ވިދާޅުވި އެވެ.
ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި 2018 ގެ ފަހުކޮޅުން ފެއްޓިގެން މިއަދާ ހަމައަށް އިތުރުވި ދަރަންޏަކީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ.
އަދި ކުރީގެ ކުންފުނީގެ ދަރަންޏާ މިއާ އަޅާ ކިޔާލީމާ ހަގީގީ އިތުރުވި ދަރަންޏަކީ 632 މިލިއަން ރުފިޔާ ކަމަށް ސައީދު ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.