ރައްޔިތުންގެ ޖަލްސާތައް ހުއްޓުވާފައިވަނީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށް މިއަދު ސުޕްރިމް ކޯޓުން ހުކުމް ކުރުމާއެކު ނަޝީދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކާ ހަމްދު ކުރާ ކަމަށް ބުނެފއެެވެ.
އިންތިޚާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާވަމުންދިޔަ ރޭވުން ފެއިލްވިކަމަށް ޓަކައި މާތް ﷲއަށް ހަމްދުކުރަން. ހުވާކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް.
ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ހަގީގީ މަގުސަދަކީ އާ ރައީސް ހުވާކުރުމުގެ ޖަލްސާ ހުއްޓުވުން ކަމަށާއި، ސުޕްރިމް ކޯޓުގެ ހުކުމާއެކު ހުވާ ކުރެއްވުމުގެ ކަންކަން ރީތިކޮށް ކުރިޔަށް ދާނޭ ކަމުގައެވެ.
އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅުވައިގެން މަޖިލިހުގެ މަސައްކަތްތައް ހުއްޓުވާފައިވަނީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށް ވިދާޅުވަމުން، ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެ މެންބަރުންނަށް ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންވެ، މަޖިލީހުން ނަޝީދު ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ނުގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު، މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ކުރި ހުކުމްގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހަސްކަމަން އޮތް ހައްލެކެވެ. އްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރިޔަސް، އެއީ ހުކުމްގައި ބުނި ގޮތުގައި ރަނގަޅު މާނަކުރުމެއް ނޫނެވެ. ސުޕްރީމް ކޯޓުން ބުނީ މަޖިލީހުގެ ރިޔާސަތު ހުސްނުވާނެ ގޮތަކަށް ގަވާއިދުން ޖާގަ ދީފައިވާ އިރު، މި ކަމުގައި ވެސް ގަވާއިދު މާނަކުރަންޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމަ އަށް ރިއާޔަތްކޮށްގެން ކަމަށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.








ޚިޔާލު (1)
ބައިކަނެނޮވޮޅެތާޔެއި މުއިއްޒު ހުވެޔާ ނުކެރެވެން ލިހަކެ ހަދަން ޢެމްޑީޕީން ވަކިވެގެން ތަ ޑިމޮކްރޮޓިކަން ގިޔެމާއި ތަތީއެމްޑީޕީގެ އިތުބާރެނެތި މީހަކެމާއި ހުވެޔާ ކެރަނެ ވޭލޭ ތަ މަގާމުން ބޭރެކެރަން މި ވޮންނައު ޢީވާއި 2 ވެނެ ގޮންޑޭ ބައްދައިގެން އަމިއްލެ ގޮންޑަކަން ހަދައިގެން ވަގެ ދޮހެ ހަދައިގެން މާކުރީގެ ޑޭޓެއްގެ ސަލާމްސެޓްފިކެޓެކެ ހުށަހަޅައިގެން ލޮޅޭކަމަން ހެދީގެން މަޖިލީހުއްޓަވައިގެން އެޔާ ލަދަކަސް ނުގެނެއި ހުތުރެ ވައްތަރެ ޖަހަވަން