1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކްރިމިނަލް ކޯޓުގެ މުވައްޒަފުން 80،000 އަށްވުރެ ގިނަ ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފި

crim
ކްރިމިނަލް ކޯޓުން ވަނީ ފަލަސްތީނަށް ޓަކައި ކާމިޔާބު ހަރަކާތްތަކެއް ހިންގާފައި
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,457ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޒަޔަނިސްޓް އިސްރާޢީލުން ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނަށް ދެމުންދާ އަނިޔާތަކާއި ހިންގަމުންދާ ޤަތުލްޢާންމުތަކާއި ގުޅިގެން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ މުފައްޒަފުން ގުޅިގެން ހިންގި ފަންޑްރައިޒިންގ ހަރަކާތްތަކުން 80،000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މިގޮތުން ލިބުނު 80،528 ރުފިޔާ ވަނީ ދިވެހި ރެޑްކްރެސެންޓާ ހަވާލުކޮށްފައެވެ.

palalކްލަބުގެ ރައީސް ޢަބްދުالله އަލީ، ދިވެހި ރެޑްކްރެސެންޓާ ފައިސާ ހަވާލުކޮށްދެއްވަނީ!

300 × 250

ފަލަސްތީނަަށް އެހީވުމަަށްޓަކައި ހިންގުނު މި ހަރަކާތަކީ ކްރިމިނަލް ކޯޓުގެ ކުލަބުން އިންތިޒާމުކޮށްގެން ހިންގި ހަރަކާތެކެވެ.

ކްރިމިނަލް ކޯޓުގެ ކުލަބަކީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 2 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އިޖްތިމާޢީ ކްލަބެކެވެ.

ކްރިމިނަލް ކޯޓުގެ އިޖްތިމާޢީ ކަންތައްތަކާއި މުވައްޒަފުންގެ ވެލްފަޔަރ އާއި، އަދި މިނޫންވެސް ކުރިއެރުންތައް މުވައްޒަފުންނަށް ހޯދައިދިނުމަކީ މި ކްލަބްގެ މަޤްޞަދެވެ

އަދި މިއީ މިގޮތުން ރާއްޖޭގެ ކޯޓުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފުރަތަމަ ކްލަބެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި