އެމްޑީޕީން މަސައްކަތްކުރަމުން ދިޔައީ މައްސަލަ ދެންމުމަށްކަމަށާއި ޑިމޮކްރެޓްސްއިން މަސައްކަތްކުރީ މައްސަލަ ނިންމުމަށްކަމަށް މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވަނީ އިސްތިއުފާދެއްވި ސަބަބާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑިމޮކްރަސީކަމަށް ކިޔާ އުސޫލުތަކާއި ނިޒާމުތަކަކީ ރޯމަން ޒަމާނުއްސުރެ ފުރޮޅެމުން އަންނަ އުސޫލުތަކާއި ނިޒާމުތައް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އޭގެ ތެރޭގައި އެންމެ ބޮޑަށް ހިންގަން ޖެހޭ އެންމެ ބޮޑު އެއްކަމަކީ ޕްރޮސެސްއެއްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ޕްރޮސެސް ހިންގާއިރު ހުންނަނީ ދަމާ ކެނޑުމުގެ އުސޫލުތަކެއް ކަމަށެވެ. އެމްޑީޕީއިން ހަރަކާތްތެރިވަމުންދިޔައީ ސްޓްރެޓީޖިކް ކޮށްކަމަށާއި އެ ޕާޓީއިން މައްސަލަ ދެންމުމަށް މަސައްކަތްކުރި އިރު، ޑިމޮކްރެޓްސްއިން މަސައްކަތް ކުރީ އަގްލަބިއްޔަތު ބޭނުންކޮށްގެން އެމްޑީޕީން ކުރަމުން ގެންދިޔަ އެތައް މަސައްކަތްތަކަށް ހުއްޓުމެއް ގެނައުމަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިނިމިދިޔަ ފަސްއަހަރު ދުވަހު ސަރުކާރު ޖަވާބުދާރީ ކުރެވުނުކަމަށާއި ކަންތައްތައް ރައްޔިތުންގެ ނަޒަރަށް ގެނެވުނު ކަމަށާއި އެހެންކަމާއެކު ވެރިކަން ވެސް އަމާންކަމާއެކު ބަދަލު ވެގެން އެދަނީ މިސަބަބުތަކާ ހެދި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.








ޚިޔާލު (1)
މިއީ މީނަގެ ނުލަފާކަމުން ދިވެހިން ސަލާމަތްވި ދެވަނަ ފަހަރެވެ. ދެނެއް މަޖްލީހަކަށްވެސް ދުވަހަކުވެސް ނުހޮވޭނެއެވެ.