1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ގެވެށި ގުޅުން" ކެމްޕެއިންގެ ފީޗާ ފިލްމު "ޒޯޔާ" އިފްތިތާހުކޮށްފި

fim
ޖެންޑާ މިނިސްޓްރީގެ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކުރި ފީޗާ ފިލްމު އިފްތިތާހުކޮށްދެއްވަނީ / ފޮޓޯ: ޖެންޑާ މިނިސްޓްރީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
291ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޖެންޑާ މިނިސްޓްރީގެ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކުރި ފީޗާ ފިލްމު "ޒޯޔާ" އިފްތިާހުކޮށްފިއެވެ..

މިފިލްމު އިފްތިތާހް ކޮށްފައިވަނީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. "ގެވެށި ގުޅުން" ކެމްޕޭންގެ ތެރެއިން ތައްޔާރުކުރި މި ފިލްމު އޮލިމްޕަހުގައި ޕްރީމިއާކޮށް ދެއްވީ ފަސްޓްލޭޑީ ފަޒުނާ އަހުމަދެވެ.

މި ފިލްމަކީ އާއިލީ ގުޅުންތަކާއި ގެވެށިއަނިޔާ އާއި އެފަދަ އަނިޔާއެއްގެ ޝިކާރަކަށްވާ މީހުންނަށް އާއިލާ ތެރެއިން ލިބެންވާ އެހީތެރިކަމާއި އެއްބާރުލުނުން ނުލިބުން ފަދަ ކަންކަމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކަށް އަލިއަޅުވާލައި ހަދާފައިވާ ފިލްމެއް ކަމަށް ޖެންޑާ މިނިސްޓަރީން މައުލޫމާތުދެއެވެ. މިފިލްމު އިފްތިތާހް ކޮށްފައިވަނީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ

300 × 250

ދޮޅު ގަޑިއިރުގެ މިފިލްމުހެ ޑައިރެކްޓަރަކީ އަޝްހަރު އަލީއެވެ. ސްކްރީންޕްލޭ ލިޔުނީ އަހުމަދު ޒަރީރެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޝަރާ، އަދުނާން އަދި މުހައްމަދު ސައީދެވެ. ފިލްމު ވަރަށް އަވަހަށް ޓީވީ ޗެނެލްތަކުންނާއި ސްޓްރީމްޕްލެޓްފޯމްތަކަށް ދޫކޮށްލާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ގެވެށި ގުޅުން ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ގެންޑާ މިނިސްޓްރީގެ ފަރާތުން ފެށި ކެމްޕެއިނެކެވެ. މިނިސްޓްރީން ބުނީ، ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ ކަމަށެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާއިރު އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ، ގެވެށި ގުޅުން ކެމްޕެއިނަކީ ސަރުކާރުގެ ބަޖެޓުންނާއި، ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދީފައިވާ ހިލޭ އެހީން ޚަރަދުކޮށްގެން ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި