1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންތިހާބީރައީސްގެ އެދިވަޑައިގަތުމާ ހިލާފަށް ފުލުހުންނަށް ޕްރޮމޯޝަންދީފި

ssll
ރައީސް ސާލިހު ފުލުހުންނަށް ކުރިއެރުން ދެއްވި ކުރީގެ ހަފްލާއެއްގެ ތެރެއިން
ޝަފްޢަތު ، ހުވަދޫ މީޑީއާ
434ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންތިގާލީ މަރުހަލާގައި ވަޒީފާގެ ކުރިއެރުން ދިނުން މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުން އެދިފައިވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ވަޒީފާގެ ކުރިއެރުން ދީފިއެވެ.

ފުލުހުންގެ އެގްޒެކެޓިވް ލެވެލްގައި ތިއްބެވި ބައެއް ބޭފުޅުންނަށް ޕްރޮމޯޝަން ދީފައިވާކަން، މއަދު މަގާމުން ރިޓަރޔަރ ކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ އަންގަވާފައެވެ. މީގެ އިތުރުން އެހެން ބައެއް ފުލުހުންނަށްވެސް ޕްރޮމޯޝަން ދީފައިވެއެވެ. ނަމަވެސް ޕްރޮމޯޝަން ދީފައިވާ މީހުންގެ ތަފްސީލެއް ނޭނގެއެވެ.

ފުލުހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކަށް ޕްރޮމޯޝަން ދީފައިމިވަނީ އިންތިގާލީ އޮފީހުން އެކަން މަޑުޖައްސާލަން އަންގާފައިވެސްވަނިކޮށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިންމެން 48 ގަޑިއިރަށްވެފައިވަނިކޮށް ޕްރޮމޯޝަންތަކެއް ދީފައިވާއިރު، މިއީ މިދިޔަ އޯގަސްޓްމަހު ދޭން ނިންމާ ނުދީ މަޑުޖައްސާލަފައިވާ ޕްރޮމޯޝަންތަކެއްކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.

300 × 250

ހަމީދު އިންތިހާބީ ރައީސަށް ފޮނުވި މެސެޖުގައި ވަނީ އޭރު ޕްރޮމޯޝަން ނުދިނީ އިންތިޚާބު ކައިރިވެފައިވަނިކޮށް ޕްރޮމީޝަންތައް ދީފިނަމަ އެއީ އިންތިޚަބަށް ނުފުޒް ފޯރުވުންކަމަށް ވެދާނެތީކަމަށާއި، މިފަހަރު މިދިނީ އެބުރުގައި ދިނުމަށް ނިންމި ޕްރޮމޯޝަންތަނެއްކަމަށެވެ.

ހަމީދު ވަނީ މިފަދަ މުހިންމު ކަމެއް ނުނިމި އޮވެ ރިޓަޔާ ކުރާކަށް ބޭނުން ނުވާކަމަށްވެސް ވިދާޅުވެފައެވެ. އަދި މިއީ ބުރަކޮށް މަސައްކަތްކޮށް، ޕްރޮމޯޝަން ހައްގު މީހުންނަށް ބޭއިންސާފަކަށް ވާނެކަމަށްވެސް ހަމީދު ވިދާޅުވެފައިވެއެވެ.

ޕްރޮމޯޝަން ދީފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ކޮމިޝަނަރ ހަމީދު ވިދާޅުވެފައިވެއެވެ.

ހަމީދު ވަނީ އެއްވެސް ސަބަބަކާހުރެ، އެފަދަ ޕްރޮމޯޝަންތައް ދިނުން މުރާޖައާ ކުރަން ޖެހޭނަމަ ނުވަތަ އެއްވެސް ކަހަލަ ފުށުއެރުންތަކެއް ހުރިކަމަށް ފެނިއްޖެނަމަ، އެކަންކަން ހައްލު ކުރެވޭނީ، އެކަށީގެންވާ މަރުހަލާއަކުން ކަމަށް ވިދާޅުވެފައެވެ.

މި ޕްރޮމޯޝަންތައް މަޑުޖައްސާލަން އޭސީސީންވެސް ފުލުހުންނަށް އަންގާފައިވެއެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ވ

    ނަސީދުއެކޭ ސޯލިހެކޭ ކޮބާތަފާތެއް އިހުސާސްގެބާވެސްނެތީތޯޗެއް ކުރަށްވާކަންތަކާ ނުކުރަށްވީކަމެއްވެސްނޭގެ ބޭނުންވަނީ ހުރިހާކަމަކަން ބާރުހިއްގާލައް

ގުޅުންހުރި