1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑރ މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ޔާމީން ވަޑައިނުގަންނަވާ

polli
ޝަފްޢަތު ، ހުވަދޫ މީޑީއާ
677ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ނިންމަވައިފިއެވެ.

މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައިނުގަތުމަށް ނިންމެވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރުއްޔާގެ ނައިބު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ޔާމީނަށް ދައުވަތު ފޮނުއްވާފައި ވަނިކޮށެވެ.

މިކަން ހާމަކުރެއްވީރައީސް ޔާމީންގެ ވަކީލުންގެ ޓީމުންނެވެ.

300 × 250

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވިދާޅުވީ ރަސްމިއްޔާތަށް ދައުވަތު ލިބިވަޑައިގެންފައި ވީނަމަވެސް، ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި، އަދި ހައިބަތުބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ، އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އަދި އެއީ ތަހުޒީބީ މުޖުތަމަޢުތަކުގައި ވެސް ޤަބޫލުކުރާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދަންނަވާފައިވާ ކަމަށް ބުންޏެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، އެމަނިކުފާނު ރަށު ބަންދަށް ވަނީ ބަދަލު ކުރައްވައިފައެވެ. މިދިޔަ މަހު 28 ގައި ޔާމީނަށް ލުއިތަކެއް ދިނީ ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުމަށެވެ.

މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަން ރައީސް ޔާމީން އަންގަވައިފިނަމަ، ހުއްދައާ އެކުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނަށް ވަޑައިގެންނެވި ދާނެ ކަމަށް ކަރެކްޝަންސް އިން ވަނީ ކުރިން ބުނެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި