އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އަބްދުﷲ އަފީފުގެ ދަރިކަލުން، ސީޝެލްސްގެ ނައިބު ރައީސް އަހްމަދު އަފީފު ރާއްޖެ ވަޑައިގެންފިއެވެ. ސީޝަލްސްގެ ނައިބު ރައީސް ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންތިހާބީ ރައީސް މުއިއްޒުގެ އޮފީހުގެ ފަރާތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. މޫސާ ޒަމީރަކީ މުއިއްޒުގެ ސަރުކާރުގައި ފޮރިން މިނިސްޓަރެވެ. އަހުމަދު އަފީފަކީ ދިވެހި ދައުލަތާ ވަކިން ދެކުނުގެ ތިން އަތޮޅުގައި ވަކި ދައުލަތެއް އުފެއްދި ސަރުކާރު، ޔުނައިޓެޑް ސުވަދީބު ރިޕަބްލިކްގެ ވެރިޔާ އަބްދުﷲ އަފީފުގެ ދަރިކަލެކެވެ.
https://twitter.com/MoFAmv/status/1725131567230759323
މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އެންމެ ފުރަތަމަ ވަޑައިގަތީ ޗައިނާ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޗިން އެވެ. އޭގެ ފަހުގައި ރާއްޖެ ވަޑައިގަތީ އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުއްވި އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫއެވެ.
https://twitter.com/MoFAmv/status/1725131806377410902
މީގެއިތުރުން ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޮލަމް ސަރްވާރާއި ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އަދި ފޮރިން މިނިސްޓްރީގެ ނައިބު ކޮމުރާ މަސައިއޯ އާއި ދެކުނު ކޮރެއާގެ ރައީސްގެ ހާއްސަ މަންދޫބު އަދި ބުސާން ސިޓީގެ މޭޔަރު ޕާކް ހިއުޖޫން ވެސް ރާއްޖެ ވަޑައިގެންނެވިއެވެ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެކިއެކި ބޭފުޅުން ރާއްޖެ ވަޑައިގަންނަވާ އިރު، ބޭރުގެ ގައުމުގެ ވެރިއަކަށް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ އެނގިފައިވާ ގޮތުގައި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ އެކަންޏެވެ. އެކަމަކު، މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބޭރު ގައުމުތަކުގެ ވަރަށް ގިނަ މަންދޫބުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.