1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަލްއަޤްޞާއަކީ މުސްލިމުންގެ އީމާންތެރިކަން މިނެދޭ ތަރާދެކެވެ.

b_M8hrGHbxyAjWh0orHI1WcrOis
ޝަފްޢަތު ، ހުވަދޫ މީޑީއާ
371ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަލްއަޤްސާއަކީ މާތް الله މި އުއްމަތަށް ހަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށާ އެއީ މުސްލިމުންގެ އީމާންތެރިކަން މިނެދޭ ތަރާދެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ފަލަސްޠީނާއި އަޤްޞާ މިސްކިތުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލާ މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، މުސްލިމުންގެ ޢަދުއްވެއް ކަމަށްވާ ޒަޔަނިސްޓް ޔަހޫދީން، މުސްލިމުންގެ އެންމެ މުގައްދަސް އެއް މިސްކިތް ކަމަށްވާ އަގްސާ ހުންނަ ބިން ކަމުގައިވާ ޣައްޒާގައި އަނިޔާވެރި ޢުދުވާނުތައް ހިންގަމުންދާ ކަމަށެވެ. އަދި އެހަމަލާތައް ދޭއިރު، އަންހެނެއް، ކުޑަކުއްޖެއް، އުމުރުން ދުވަސްވީ މީހެއް، އަންހެނެއް ނުވަތަ ނުކުޅެދޭ މީހަކަށް ބެލުމެއް ނެތް އިރު، މިސްކިތްތަކާއި، ފައްޅިތަކާއި، އެމްބިއުލާންސްތަކާއި ހޮސްޕިޓާތަކަށްވެސް ބެލުމެއް ނެތި ގެއްލުން ދެމުންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޣައްޒާ ވަނީ ހިސޯރުކޮށްފަައެވެ. ކާބޯތަކެއްޗާއި، ފެނާއި، ކަރަންޓާއި، ބޭސްފަރުވާގެ ވަސީލަތްތަކުން މަހުރޫމް ކޮށްފައެވެ. މިފަދަ އަނިޔާވެރި އަމަލުތައް ހިންގަމުންދާއިރު, ހުޅަނގުގެ ދެފުށް ދެގޮތް ސިޔާސަތުގެ ދަށުން އިޒްރޭލުގެ ޔަހޫދީންނަށް ވަނީ ހިމާޔަތް ލިބިފައެވެ.

300 × 250

ޚުތުބާގައި އިތުރަށް ބުނީ، ފަލަސްޠީނަކީ އިސްލާމީ އެތައް ޒަޢީމުންނެއް އެ ބިމަށްޓަކައި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބިމެއް ކަމަށެވެ. އަދި އެ ބިމުގެ މިނިވަންކަމަށްޓަކައި އިސްލާތީ އެތައް ބަޠަލުންނެއް ޝަހީދު ވެވަޑައިގެންފައިވާ ބިމެއް ކަމަށެވެ.

"އައްސުލްޠާނުލް ޢާދިލް މަހްމޫދު ނޫރައްދީން ޒިންކީ ވިދާޅުވިއެވެ.

"ބައިތުލް މަޤްދިސް އަޅުވެތިކަމުގައި އޮއްވާ ހިނިތުންވުމަށް އަހުރެން ލަދުވަތިވަމެވެ."" ޚުތުބާގައި ބުނެފައިވެއެވެ.

މިއާއެކު ސަލާހުއްދީނުލް އައްޔޫބީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރެއްވި ޖިހާދަށް އަލިއަޅުވާލައްވައި ޚުތުބާގައި ބުނީ، ސަލީބީންގެ ވަކިތަކުން މުސްލިމުންގެ ބިންތައް މިނިވަން ކުރެއްވުމަށްޓަކައި ސަލާހުއްދީން އައްޔޫބީ ޖިހާދު ކުރެއްވި މައިގަނޑު ސަބަބަކީ މަސްޖިދުލް އަޤްސާ އާއި ފަލަސްތީން މިނިވަން ކުރެއްވުމަށް ކަމަށެވެ.

އަދި ސަލީބީންގެ މައްޗަށް، މާތް الله އެކަލޭގެފާނަށް ނަސްރު ދެއްވާފައިވާއިރު, އެކަލޭގެފާނު ކުރެއްވި ހަނގުރާމައިގެ ތެރެއިން އެއްވެސް އަންހެނަކު އެއްވެސް ކުޑަ ކުއްޖަކު އެއްވެސް މުސްކުޅިއަކު ޤަތުލެއް ނުކުރައްވާ ކަމަށާއި އެއްވެސް ގެއެއް، ފައްޅިއެއް ފުނޑުފުނޑެއް ނުކުރައްވާ ކަމަށެމް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، ފަލަސްޠީނުގައިވާ އަލްމަސްޖިދުލް އަޤްސާ އަކީ މުސްލިމުންގެ އަޤީދާ އާއި ދީނާ ގުޅިފައިވާ މާތް الله ގެ ގެކޮޅެއް ކަމަށާއި ޣައްޒާ އަކީ މާތް ރަސޫލާ އިސްރާ ކުރެއްވި މަސްޖިދުލް އަލްއަޤްސާ ހުންނަ ފަލަސްޠީނުގެ ބައެއް ކަމަށެވެ. ހަމައެހެންމެ މަސްޖިދުލް އަޤްސާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އަދި ކީރިތި ގުރުއާނުން މާތް الله ގެ ވަހީ ބަސްފުޅަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ މާތް الله މުސްލިމުންގެ ބޮލުގައި ވަރަށް ބޮޑު މަސްއޫލިއްޔަތެއް އަޅުއްވާފައިވާ ކަމަށެވެ. އެއީ ފަލަސްޠީނުގެ މުޤައްދަސް މިސްކިތާ ކުޅޭ މީހުންނާއި މި މިސްކިތްތަކުގެ ހުރުމަތްކަނޑާ މީހުންގެ ކިބައިން މިސްކިތް ރައްކާތެރިކުރުމުގެ ބުރަ މަސްއޫލިއްޔަތު ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

"މަސްޖިދުލް އަޤުޞާ އަކީ މާތް الله ސުބްޙާނަހޫ ވަތަޢާލާ މި އުއްމަތާއި ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެއީ މުސްލިމުންގެ އީމާންކަމާއި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި، ހޭލުންތެރިކަން މިނެދޭ ތަރާދެކެވެ." ޚުތުބާގައި ބުނެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި