1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މީގެފަހުން އަދުލުއިންސާފުގެ ތެރޭގައި ސަރުކާރުގެ ނުފޫޒު ނޯންނާނެ: ރައީސް ޑރ މުއިއްޒު

b7
ރައީސް ޑރ މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ތެރެއިން
ޝަފްޢަތު ، ހުވަދޫ މީޑީއާ
393ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަދުލު އިންސާފުގެ ތެރެއަށް މީގެފަހުން ސަރުކާރުގެ ނުފޫޒު ވަނަ ނުދޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެންނެވި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިހެން ވިދާޅުވެފައިވަނީ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ޔަގީންކުރައްވަން ބޭނުންވަނީ ބާރުތަކުގެ މިނިވަންކަން ކަމަށާއި، ވަކިން ހާއްސަކޮށް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން ކަމަށެވެ.

300 × 250

"މީގެ މާނައަކީ ފަހަރެއްގައިވެސް ރައްޔިތުންނާއި ދިވެހި ދައުލަތަށް ހިޔާނަތްތެރިވުމުން އެފަދަ ކުށްތައް ކުރާ މީހުންނާއިމެދުގައި ސަރުކާރުން ލޯ މަރާލުމެއްނޫން," ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މިހިނދުން މިހިނދަށް ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައީ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ގައުމާއި މުހާތަބު ކުރައްވައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ  ދެމެހެއްޓެބިވި އަދުލުވެރި ތަރައްޤީގެ ނިޒާމެއް ބޭނުންވާ ކަމަށާއި، އެކަމަށްޓަކައި އަމާޒުތަކެއް ކަނޑައަޅައި ކަންކަން ކުރިއަށްދާނީ ދިވެހިންގެ ހިޔާލުތަކާއި އެކުގައިކަމަށެވެ.

ޑރ.މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތީ ދިވެހިންނަށް އުޖާލާ ދުވަސްތަކެއް ކަމަށާއި، ރައްޔިތުން ބާރުވެރިކުރުވުމުގެ ގޮތުން، ޒުވާނުންނާއި އަންހެނުނަށް އަމަލީ މައިދާނުގައި ކުރިއަށްދިއުމަށް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ވިޔަފާރި ކުރުމަށް ފަހިކޮށްދޭނޭ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި