1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދީނީ އިލްމުވެރިންގެ ދުލާއި ގަލަމަށް ރައްކާތެރި އަމާންވެއްޓެއް ކަށަވަރުކޮށްދޭނަން: ރައީސް ޑރ މުއިއްޒު

m8
ރައީސް ޑރ މުއިއްޒު ޖުމްހޫރީ މައިދާނުގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝަފްޢަތު ، ހުވަދޫ މީޑީއާ
357ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދީނީ އިލްމުވެރިންގެ ދުލާއި ގަލަމަށް ރައްކާތެރި އަމާންވެއްޓެއް ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ މިއަދު ހަވީރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ގައުމާއި ދިވެހި ރައްޔިތުންނާ މުހާތަބް ކުރައްވަމުންނެނެވެ.

ދިވެހިރާއްޖޭގެ އިއްޒަތްތެރި އިލްމުވެރިންނާ މުހާތަބް ކުރައްވައި، ރައީސް ޑރ މުއިއްޒު ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް އިންސާނީކިއްލާގެ އިސްކުރިބޯށްޓަކީ އެގައުމެއްގެ އިލްމުވެރިންކަމުގައެވެ.

300 × 250

ރައީސް ޑރ މުއިއްޒު ވިދާޅުވީ އިލްމުވެރިންނަށް ގަދަރާއި ކަމޭހިތުން ދެއްވާނެ ކަމަށާއި އިލްމުގެ ނޫރު ބަބުޅާ ކޮންމެ ހިތަކީ އެފަދަ ކޮންމެ ނިތަކީ އުޖާލާ ތަރިއެއްކަމަށެވެެ.

ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުވާން ބޭނުންފުޅުވާ ކަމަށާއި އުފެދެމުން އަންނަ ޖީލުތަކަކީ އިސްލާމް ދީނަށް ހުރްމަތްތެރިކޮށް ހިތާ ދީނަށް ލޯބިކުރާ ބަޔަކަށް ވުމަށް އެމަނިކުފާނު ޝައުގުވެރިވެވަޑައިގަންނަވާކަމަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެެވެ. އެހެންކަމުން މާތްވެގެންވާ އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި ލޯބި އިތުރުކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކަމަށް އެންމެ މުހިންމު އިލްމުވެރިންގެ ހިދުމަތަށް މަގުތަނަވަސްކޮށްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ދީނީ އިލްމުވެރިންގެ ދުލާއި ގަލަމަށް ރައްކާތެރި އަމާންވެއްޓެއް ކަށަވަރުކޮށްދެއްވާނެކަމަށެެވެ. އަދި އެކަމަށް ސަރުކާރުން ދޭނީ ތާއީދާއި އިޖާބަކަމަށާއި އަދި ތަރުހީބާއި މަދަދާއި އެހީތެރިކަންކަމަށެވެ. އެހެންކަމުން ރައީސް އެދިވަޑައިގަތީ އެތާއީދާއި އިޖާބައާއި ތަރުހީބާއި މަދަދުން ކީރިތި ގުރުއާނުގެ ތައުލީމާ އެއްގޮތަށް ހިކްމަތްތެރިކަމާއި ރިވެތި ވައުޟާއި ނަސޭހަތުން ދީން ހުށަހަޅުއްވައިދެއްވުމަށެވެ.  ދިވެހި ދަރިންނަކީ މާތްވެގެންވާ އިސްލާމްދީނާއި މިދިވެހި ލޮބުވެތި ގައުމަށް ވަފާތެރި މުރާލި ޒިންމާދާރު ބައެއް ކަމުގައި ހައްދަަވައިދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އެކަމުގައި އުނގަންނައިދިނުމާއި މުއާމަލާތްކުރުމުގައި ޒަމާނީ އިލްމީ އާގޮތްތައް ބޭނުންފުޅުކުރައްވާ އަދުގެ ސިކުނޑިތަކަށް ގަބޫލު ކުރެވޭފަދަ ޒަމާނީ އުސްލޫބުތަކަށް އަހުުލުވެރިވެވަޑައިގެން އެގޮތްތައް ބޭނުންފުޅުކުރައްވެވުމަށް ކަމަށް ރައީސް ވަނީ ގޮވާލައްވައި އެދިވަޑައިގެންފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި