1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް، އެ ދަފްތަރު ޔޫތު މިނިސްޓްރީގެ ދަށަށް

img_md_202311180803101700319790.3819
ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
375ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި މަސައްކަތް ކުރާ ކިޔުންތެރިންނާއި ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރުގެ އެންމެހާ ކަންކަން ޔޫތް އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން އާއްމު ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޔޫތު މިނިސްޓްރީގެ މެންޑޭޓުގައި 38 ކަމެއް ހިމަނާފައިވެއެވެ. އޭގެތެރެއިން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް، އެ ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ ޔޫތު މިނިސްޓްރީ އަށް ވަނީ ބަދަލު ކޮށްފައެވެ.

އެ މިނިސްޓްރީގެ ދަށަށް މީޑިއާ އާއި ގުޅޭ އިތުރު ކަންކަން ހިމަނާފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާ ތަރައްގީ ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެދާއިރާތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމާއި ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުމެވެ.

300 × 250

މީގެއިތުރުން ހޯމް މިނިސްޓްރީން މިހާ ދުވަހު ބަލަހައްޓަމުން ދިޔަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބުގެ އެންމެހާ ކަންކަން ވެސް ބެލެހެއްޓުން އެ މިނިސްޓްރީގެ ދަށަށް ވަނީ ބަދަލު ކޮށްފައެވެ.

ޔޫތު މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ބައެއް އިތުރު ކަންކަން:

  • ދިވެހި ޒުވާނުންގެ މެދުގައި ދީނަށް ލޯބިކުރުމާއި އަހުލާގީ ރިވެތި ސިފަތައް އާލާކުރުވުމާއި، ގައުމީ ރޫޙާއި މުޖުތަމައުގެ މަސްލަހަތު ކުރިއެރުވުމުގެ ސަގާފަތް އަށަގަންނުވައި ހަރުދަނާކުރުމަށް މަސައްކަތްކުރުން
  • އުފެއްދުންތެރިކަން އަދި ފުދުންތެރި ދިރިއުޅުމެއް ހޯދުމަށް ޒުވާނުންނަށް ބާރުއަޅައި، ޒުވާނުންނަށް އިގްތިސޯދީ ގޮތުން ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން.
  • ޒުވާނުންނަށް ހާއްސަ ކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، އެފަދަ ހަރާކަތްތައް އިންތިޒާމުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  •  ޒުވާނުންނާ ގުޅޭ މުނާސަބަތުތައް ގައުމީ ފެންވަރުގައި ފާހަގަކުރުން.
300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި