1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކޭޕާކް މަންޑޭގެ ގެ ބަލައިފާސްކުރުމަށްފަހު އަގުބޮޑު މުދާތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް

kpark
ޝަފްޢަތު ، ހުވަދޫ މީޑީއާ
360ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތުވާ އަގު ބޮޑު މުދާ އެއް އަހަރު ދުވަހަށް ހިފަހައްޓައިފިއެވެ.

މުދާ ހިފަހައްޓާފައިވަނީ ހުޅުމާލެ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ކަމަށް އެނގިފައިވެއެެވެ. ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި އަގު ބޮޑު ގަހަނާ އާއި ބްރޭންޑެޑް އަތްދަބަހާއި އަންނައުނުގެ އިތުރުން ހުޅުމާލޭގައި ހަދާފައިވާ ލަގްޒަރީ އެ ޕާޓްމަންޓް ކޮމްޕްލެކްސްއެފްޑަބްލިޔު ރެސިޑެންސް އިން ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސްވެސް ހިމެނެއެވެ.

މިތަކެތި ހިފެހެއްޓީ ބޭންކަށް ދޮގު މައުލޫމާތު ދީގެން ހުޅުވި އެކައުންޓަކަށް ފައިސާ ޖަމާކޮށް އެ ފައިސާ އިން މުދާ ގަނެފައިވާތީ ކަމަށްވެއެވެ. މިއެކައުންޓަށް ޖަމާވި ފައިސާ އަކީ ކޭ ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓް އޮޅުވާލައިގެން އެތައް ބަޔަކަށް ވިއްކާ ލިބުނު ފައިސާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

300 × 250

ފުލުހުން ގެންދަނީ ކޯޓު އަމުރެއްގެ ދަށުން މަންޑޭ ދިރިއުޅޭ އެޕާޓްމަންޓެއް ބަލައި ފާސްކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތަހުގީގަށް ބޭނުންވާ ބައެއް ހެކި ވަނީ ހޯދާފައެވެ. ފުލުހުން ތަހުގީގުކުރަމުން ކޭ ޕާކް ރެޑިޑެންސްގެ މައްސަލައިގައި މީގެކުރިން ދެ ފަހަރެއްގެ މަތިން މަންޑޭ ހައްޔަރުވެސް ކުރި އެވެ. ނަމަވެސް ޕާސްޕޯޓް ހިފެހެއްޓުމަށްފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.

މަންޑޭގެ ޕާސްޕޯޓު ހިފެހެއްޓީ ކޭ ޕާކް ރެޒިޑެންސް ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައި ހިއްސާދާރު އަދި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ ބޮޑެތި ތުހުމަތުތަކަކާ އެކު ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގުކުރާތީއެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހުއެވެ. އެއީ ފަސް ޕަސެންޓް ހިއްސާއެވެ. އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވިއްކައި ފައިސާ ހޯދައިގެން އެ ފައިސާ ބޭނުންކުރި ކަމަށް މަންޑޭގެ މައްޗަށް ތުހުމަތު ކުރެއެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި އަދި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި