1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންޑިޔާ ސިފައިންގެ 77 މީހުން ރާއްޖޭގައި އެބަތިބި

inthi
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް މިއަދު ދެއްވި ޕްރެސް ކޮންފަރެންސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
391ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިންގެ އަދަދު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ. މިކަން ހާމަކުރީ ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް މިއަދު ދެއްވި ޕްރެސް ކޮންފަރެންސްގައެވެ. ނޫސްވެރިންގެ އެ ބައްދަލުކުރެއްވުމުގައި ފިރުޒުލް ވިދާޅުވީ މިހާތަނަށް ޔަގީން ކުރެވިފައިވާ އަދަދަކީ 77 ކަމަށެވެ. އެއީ:

  • އެއް ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް 24
  • ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށް 25
  • ދެވަނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް 26
  • މެއިންޓަނަންސް އަދި އިންޖިނިއަރުންގެ ގޮތުގައި 2

އިންޑިއާ ސިފައިން އެގޮތުގައި ގާއިމްވެ ތިބެ އެ ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓުން ކުރިއަށްގެންގޮސްފައިވާ އޮޕަރޭޝަންތަކާއިބެހޭ ބައެއް މައުލޫމާތުވެސް ފިރުޒުލް ހިއްސާ ކުރެއްވިއެވެ. އެއީ:

300 × 250
  • މެޑިކަލް އިވޭކުއޭޝަން، 661
  • ސަވައިލަންސް އޮޕަރޭޝަން 220
  • ސާޗް މިޝަން،100
  • އެއާކްރޫ ޓްރާންސްފަރ، ސާމްޕަލް ކަލެކްޝަން ވިއައިޕީގެ ބައެއް ދަތުރުތައް އަދި ޑިފެންސާ ގުޅޭ ބައެއް ތަމްރީނުތައް

ފިރުޒުލް ވިދާޅުވީ އެ އޮޕަރޭޝަންތަކުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއް ވެފައިވީނަމަވެސް ބޭރުގެ ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަށް ދިވެހި ރައްޔިތުން ނޭދޭ ކަމަށެވެ. އެހެންކަމުން ދިވެހީންގެ އެ ނިންމުމާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތް ބައްޓަން ކުރައްވަމުންގެންދަވާކަމުގައި ފިރުޒުލް ވިދާޅުވިއެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި