1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސުކޫލުތަކުގެ ލައިބްރަރީގައި ގޯސް ވާހަކަތައް ހުރި ފޮތްތައް ނަގަން އަންގައިފި

mafushi
މާފުށީ ސުކޫލް ލައިބްރަރީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
420ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްލާމްދީނާއި ދިވެހި ސަގާފަތާއި އާދަކާދަތަކާ ފުށު އަރާ ފަދަ ފޮތްތައް، ސްކޫލްތަކުގެ ލައިބްރަރީތަކުން ނަގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

މިގޮތަށް ކަންތައް ކުރުމަށް އަންގަވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއި ކުރައްވައި ހުރިހާ ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައެވެ.

މިސާކިއުލާގައި، ސްކޫލުތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތް އަދި އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުއަރާފަދަ ބައެއް ތަކެތި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

300 × 250

ހަމަމިއާއެކު، މިހާރު ސްކޫލުތަކުގެ ލައިބްރަރީތަކުގައި ބޭނުން ކުރަމުން އަންނަ ފޮތް އަދި އެހެނިހެން ވަސީލަތްތަކަކީ އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރު ކުރުމަށްވެސް ވަނީ އަންގާފައެވެ.

އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ސްކޫލުތަކަށް ހަދިޔާކުރާ ފޮތް ފަދަ ތަކެތި ލައިބްރަރީގައި ބޭނުން ކުރުމުގެ ކުރިން އެފަދަ ތަކެއްޗަކީ ދަރިވަރުން ބޭނުން ކުރުމަށް އެކަށީގެންވާ ތަކެތިކަން ކަށަވަރު ކުރުމަށްވެސް ވަނީ އަންގާފަ އެވެ.

އަދި ހަމައެހެންމެ ސްކޫލްގެ ލައިބްރަރީގައި، އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުއަރާ ފަދަ އެއްވެސް ފޮތެއް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ހުރިނަމަ، މިނިސްޓްރީއާ ގުޅިގެން އެފަދަ ތަކެތި ނައްތާލުމުގެ އިންތިޒާމު ކުރިއަށް ގެންދިޔުމަށް ވެސް ވަނީ އެދިފަ އެވެ.

މިނިސްޓްރީން މިގޮތަށް ސާކިއުލާއެއް ސްކޫލުތަކަށް ފޮނުވާފައިވާއިރު އިސްލާމީ އަގީދާއާއި އަސްލާއި އުސޫލުތަކާއި ހިލާފް ފޮތްތަކެއް ސްކޫލް ލައިބްރަރީގައި ބެހެއްޓި މައްސަލައެއް ފެންމަތިވެ ބެލެނިވެރިންނާއި އާއްމުން ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި