1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އުނގޫފާރު އިސްލާމީ މަރުކަޒު އައިއެމްޔޫ އާ ހަވާލު ކުރަނީ

ugu
އުނގޫފާރު އިސްލާމީމަރުކަޒު.....ފޮޓޯ:އެފްބީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
440ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރ އުނގޫފާރުގައި ތަރައްޤީކުރި އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.

މި މިސްކިތަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ޝަހީދު ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ބިނާކުރި މިސްކިތެކެވެ.

އުނގޫފާރު މިސްކިތް އައިއެމްޔޫއާ ހަވާލު ކުރަން ނިންމިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން ޝަހީމް ވިދާޅުވީ އަންނަ ހަފްތާގައި އެ އިސްލާމީ މަރުކަޒު އައިޔޫއެމްއާއި ހަވާލުކުރެވޭނެ ކަމަށެވެ.

300 × 250

https://www.facebook.com/

އުނގޫފާރުގައި ހުންނަ އިސްލާމީ މަރުކަޒު އައިޔޫއެމްއާއި ހަވާލުކުރަން ނިންމާފައިވަނީ އެސަރަހައްދުގައި އިސްލާމީ އިލްމާއި ހަދާރާތާއި ސަގާފަތު ފޯރުކޮށްދޭ މަރުކަޒަކަށް އެތަން ހެދުމަށެވެ. އެގޮތުން އައިޔޫއެމްއާއި އެ މަރުކަޒު ހަވާލުކުރުމާއި އެކު އިސްލާމީ ކޯސްތައް ހެދުމަށް މާލެ ނައިސް ކިޔެވޭޭނެ ގޮތް ވެގެން ދާނެ އެވެ.

އުނގޫފާރު އިސްލާމީ މަރުކަޒު އައިޔޫއެމްއާއި ހަވާލުކުރަން ނިންމާފައިވާއިރު އިއްޔެގެ ވަގުތެއްގައި އިސްލާމިކް މިނިސްޓްރީއިން ވަނީ ގދ ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒުވެސް އެ ޔުނިވާސިޓީއާއި ހަވާލުކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި