ރައީސް ޔާމިން އުފެދުމަށް މިހާރު ނިންމަވާފައިވަ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އިލެކްޝަން ކޮމިޝަންގައި އާދިއްތަ ދުވަހު އެދޭނެކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ޕީޕީއެމުން ވަކިވެ އައު ސިޔާސީ ޕާޓީއެއް އުފައްދަވާކަން އިއުލާންކުރެއްވީ ރޭ އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދެވެ. ރައީސް ޔާމީން އުފައްދަވާ އައުސިޔާސީ ޕާޓީއަށްކިޔާނެ ނަމާއި ލޯގޯވެސް ފައިނަލްވެފައިވާކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. ކަން ކޮށްފައިވަނީ ރޭ ނުނިދާ ހޭލާ ތިބެގެން ކަމުގައިވެސް މަލީހު ވިދާޅުވެފައިވެއެވެ. ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލައްވާ، އާ ޕާޓީއެއް ހައްދަވަން ނިންމަވާފައިވަނީ ރޭގެ ވަގުތެއްގައެވެ. ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވެ އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް ޕީޕީއެމްއިން ނިންމާފައި ވަނިކޮށެވެ. ރައީސް ޔާމިންގެ ގާނޫނީ ވަކީލު ޑރ. މުހަންމަދު ޖަމީލް އަހުމަދު ޗެނަލް 13 ގައި ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ނިންމުމަކީ ރައީސް ޔާމިނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.
"އެކަމަކު އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވޭ ވެރިކަމަށް ހޮވި ވަޑައިގަތް ފަހުން ޑރ. [މުހަންމަދު] މުއިއްޒު ރައީސް ޔާމީންގެ ފޯނެއް ނުނަންގަވާ. އަދި ލީޑާޝިޕުން ވަނީ ރައީސް ޔާމީނާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީނާ މަޝްވަރާއެއް ނުކުރައްވާ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދު ރައިސް ޔާމީން އެ ޕާޓީގައި ހުންނަވައިގެން ރައީސް ޔާމީނާ މަޝްވަރާ ކުރައްވައިގެން ޕާޓީ ހިންގަން ބޭނުމެއް ނުވޭ،"ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕް ރައީސް ޔާމިނަށް ބޭވަފާތެރި ވެއްޖެ ކަމަށެވެ. "ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ." ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމިންގެ ފިކުރުގަ ތިއްބެވި އެތައް ބަޔަކު ރައީސް ޔާމިން ނިސްބަތްވާ ޕާޓީއަކަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކޮށްދޭން ބޭނުންވާ ކަމުގައެވެ. "(ރައީސް ޔާމީން) ޕީޕީއެމާ ދުރަށް ޖެހިވަޑައިގަތީ ވަރަށް ގިނަ ކަންތައްތަކެއް މިދިޔަ ދުވަސްތަކުގައި ހިނގައިދިއުމުން. އެކަމަކު އެމަނިކުފާނަކީ ސިޔާސީ ދުރުވިސްނޭ ބޭފުޅެއް. އެހެންވެ، އެމަނިކުފާނުގެ ފިކުރު އޮތް އަމިއްލަފުޅު ޕާޓީއެއް ހައްދަވައިގެން އެމަނިކުފާނު ސިޔާސީ މަސައްކަތްޕުޅު ކުރައްވާނެ." ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލައްވަން ނިންމެވި ސަބަބުތައް ހާމަ ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ. ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ރައީސް ޔާމިންގެ ފަހަތްޕުޅުގައި އެރު ތިއްވީ މުޅިން އެހެން ބޭނުމެއްގައި ކަމުގައި ކަމެވެ. އަދި ވިދާޅުވީ އެ ބޭނުން ފުދުމުން އެބޭފުޅުން ރައީސް ޔާމިންގެ މަޝްވަރާއެއްވެސް ބޭނުން ނުވި ކަމުގައެވެ. "ޑރ. މުއިއްޒު ވެސް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ޓަކައި އެކަން ކޮށްދެއްވާނެ ކަމަށް. އެހެން ނަމަވެސް ރައީސް ޔާމީން މިއަދު އެ މަސައްކަތް ކުރައްވަނީ ގިނިކަންޏާ. މިއަދަކު ނުވެއް ފެނޭ ލީޑާޝިޕްގެ ބޭފުޅުންނެއް ވެސް."








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.