1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕީޕީއެމްގެ ސެނެޓްގެ ބައްދަލުވުމެއް މާދަމާ ރޭ ބާއްވަނީ

pp0
ޕީޕީއެމްގެ ހޯޕް ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ: ރާއްޖެއެމްވީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
536ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓްގެ ބައްދަލުވުމެއް މާދާމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމްގެ ސެނެޓްގެ ބައްދަލްވުމެއް މާދަމާ ރޭ ބާއްވަން ނިންމާފައިވާކަން އަންގައި އެޕާޓީންވަނީ ސެނެޓަރުންނަށް ބައްދަލްވުމުގެ ދައުވަތު ފޮނުވާފައެވެ.

އޭގައި ވާގޮތުން ބައްދަލްވުމުގެ މައިގަނޑު މަސައްކަތަކަށް ވާނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި މެދު އެ ޕާޓީން ގޮތް ނިންމުމެވެ.

300 × 250

ޕީޕީއެމް/ޕީއެންސީން މީގެ ކުރިން ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީއިން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުންނެވެ. އެގޮތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ 20 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައި ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.

ދުވަސްތަކަކަށްފަހު ޕީޕީއެމް ސެނެޓްގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި މިވަނީ، އެޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ޕާޓީން އިސްތިއުފާ ދެއްވައި އައުޕާޓީއެއް އުފައްދަވަން ނިންމެވިކަން އިއުލާން ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ޔާމީން އެފަދައިން ނިންމަވާފައިވާކަން އިއުލާން ކުރެއްވީ އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އަދި ޔާމީންގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލެވެ. އޭނާ މައުލޫމާތު ދެއްވާ ގޮތުގައި، ޔާމީންގެ ޕާޓީގެ ނަމާއި، ލޯގޯގެ އިތުރުން އަސާސީ ގަވާއިދުވެސް އެކުލަވާލެވުފައިވާއިރު، ޕާޓީ ރެޖިސްޓަރ ކުރަން އަންނަ އާދީއްތަ ދުވަހު ހުށަހަޅާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި