ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް, ނިމިދިޔަ ހަފްތާގެ ތެރޭގައި 3000 މީހުން ސޮއިކޮށްފައި ވަނިކޮށް އަނެއްކާވެސް އިތުރު 1400 މީހުން އެ ޕާޓީއާ ގުޅިފައިވާކަން އެ ޕާޓީން ހާމަކޮށްފިއެވެ. އެކި ދާއިރާތަކުން ޕީއެންސީއާ އަލަށް ގުޅެމުންދާ މީހުންގެ މެމްބަރޝިޕް ފޯމުތައް އިއްޔެ ވަނީ އެ ޕާޓީއާ ހަވާލުކޮށްފައެވެ. ޕީއެންސީއިން ހާމަކުރި ގޮތުގައި ކ.ގުރައިދޫ ދާއިރާއިން އެ ޕާޓީއާ ގުޅުނު 150 މީހުންގެ މެމްބަރޝިޕް ފޯމުތަކާ އެ ޕާޓީގެ ޗެއާޕަރސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މުޝީރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އިއްޔެ ވަނީ ހަވާލުވެވަޑައިގެންފައެވެ. މީގެއިތުރުން ދިއްގަރު ދާއިރާއިން އެ ޕާޓީއާ ގުޅުނު 300 މީހުންނާއި އިހަވަންދޫ ދާއިރާއިން އެ ޕާޓީއާ ގުޅުނު 500 މީހުންނާއި ށ.ފީވަކުން އެ ޕާޓީއާ ގުޅުނު 450 މީހުންގެ ފޯމު ވެސް ވަނީ ހަވާލުކޮށްފައެވެ. މިއިން ބައެއް ދާއިރާތަކުގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރަޖިސްޓްރާ މުޙައްމަދު އަފޫ ޙާމިދެވެ.
ތިން ހާހަށްފަހު އިތުރު 1400 މީހުން ޕީއެންސީ އަށް ސޮއި ކޮއްފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.